31 Jan 2015, 15:25
ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއެއް ދަށުވެ ސައިކަލެއް ފުނޑުފުނޑުވެއްޖެ އެވެ.
އެ ހާދިސާގައި މީހަކަށް މާކަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް މަންޒަރުދުއް ފަރާތުން ބުނެ އެވެ. ނަމަވެސް ކަމާ ބެހޭ ފަރާތެއްގެ ބަސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މަންޒަރު ދުށް ފަރާތަކުން ކިޔަވައިދިން ގޮތުގައި މިއަދު 2:15 އެހާކަންހާއިރު އިއްޒުއްދީން މަގުން އެސްޓީއޯ ފުއްގުދަން ސަރަހައްދުން، ޒުވާން އަންހެން ކުއްޖަކު އަރުވައިގެން ފިރިހެން ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލެއް ކަޅުތުއްކޮލާ ކޮއްޓާ ދިމާލުން ޓީޖެޓީ އަށް ދަތުރު ކުރި ލޮރީއެއްގެ ދަށުވެ ސައިކަލް ފުނޑު ފުނޑުވެފައިވާ ކަމަށެވެ. ސައިކަލްގައި ތިބި ދެ މީހުންނަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެދެ މީހުން ޕިކަޕަކަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައީ. މާ ސީރިއަސް އަނިޔާތަކެއް ނުވޭ ކަންނގެ، އެކަމަކު ފަޔަށް ކޮންމެވެސް ގެއްލުންތަކެއް ވެފައި ހުރިހެން ހީވަނީ." މަންޒަރު ދުށް ފަރާތުން ސަން އަށް ވިދާޅުވި އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލްގެ ހުންގާނާ ދިމާލުން ބޮޑުބައެއް ވަނީ ލޮރީގެ ފުރޮޅު ދަށުވެ ވަރަށް ބޮޑަށް ފުނޑުފުނޑުވެފަ އެވެ. ބާރު ސުޕީޑުގައި ދުއްވާފައި ދިޔައީ ސައިކަލްކަމެއް ނޫނީ ލޮރީކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ފުލުހުން ވެސް ވަނީ ކަލުތުއްކޮލާ ކޮށި ސަރަހައްދުގައި އެކްސިޑެންޓެއް ހިނގިކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.