31 Jan 2015, 14:39
ޕްރިންސެސް އެލީނާގެ ނަމުގައި ޑިޒްނީން މުޅިން އާ ޕްރިންސެސްއެއް ތައާރަފުކޮށްފި އެެވެ. ޑިސްނީން ތައާރަފު ކުރި އާ ޕްރިންސަސް އަކީ އިޓަލީ ވިލާތަށް ނިސްބަތްވާ ފުރަތަމަ ޕްރިންސަސް އެވެ.
އެލަވާ ކިންގްޑޮމްގެ ޕްރިންސަސް ކަމުގައިވާ އެލީނާ އަކީ މަޖާ މިޒާޒެއްގެ، މީހުންނަށް އަޅާލާ ތަފާތު ކެރެކްޓަރަކަށް ވެގެންދާނެ ދާނެ ކަމަށް ޑިސްނީން ވަނީ ބުނެފަ އެވެ. އެމީހުން ބުނި ގޮތުގައި އެލަވާ ކިންގްޑޮމްގައި ދައްކުވައިދޭނީީ އިޓަލީ ވިލާތުގެ ލެޓިންގް ޕރޮވިންސްގެ އާދަ ކާދައާއި ސަގާފަތެވެ. ޕްރިންސެސް ސޯފިއާގެ އެޕިސޯޑަކުން 2016 ވަނަ އަހަރު ފުރަތަަމަ ފެނިލުން ދައްކާލުމަށް ހަމަޖެހިފައިވާ ޕްރިންސަސް އެލީނާގެ ވަކި ސީރީޒްއެއް ނިކުންނާނެ ކަމަށްވެސް ޑިސްނީވޯލްޑުން ބުންޏެވެ.
ޑިސްނީ ޖޫނިއާ ވޯލްޑްގެ އެގްޒެކެޓިވް ނައިބު ރައީސް ނޭންސީ ކޭންޓާ ބީބީސީގައި ބުނެފައި ވަނީ "ހިތްވަރުގަދަ އެހެންމީހުންގެ ކަންތައްތަކާ އަޅާލާ" މީހަކަށް އެލީނާ ވެގެން ދާނެ ކަމަށެވެ.
އުމުރުން ދެ އަހަރާއި ހަތްއަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ޑިސްނީން އުފެއްދުމަށް ތައްޔާރުވަމުންދާ އެލީނާ ސީރީޒް ދުނިޔޭގެ 25 ބަހަކުން ގެނެސްދޭނެ ކަމަށް ޑިސްނީންވަނީ ބުނެފަ އެވެ. އަދި މި ސީރީޒްގެ ސަބަބުން ކުދިންނަށް ދިރިއުޅެންވީ ރަގަޅުގޮތާއި އާއިލީ ސަގާފަތާ އާދާކާދަ ދަސްވެގެންދާނެ ކަމަށް ވެސް ޑިސްނީން ވަނީ ބުނެފަ އެވެ.