31 Jan 2015, 14:00
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހިއްސާއަކަށް 0.01 ޑޮލަރުގެ(0.1542 ލާރީގެ) ފައިދާއެއް ލިބިއްޖެ އެވެ.
ތިން ވަނަ ކުއާޓާގައި ވަނީ ޑޮލަރަކަށް 0.8 ޑޮލަރުގެ ފައިދާއެއް ވެފަ އެވެ. އެއީ ތިންވަނަ ކުއާޓާގައި ލުބުނު އާމްދަނީއާއި އަޅާބަލާއިރު 43 ޕަސެންޓް ދަށް އަދަދެކެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ވިޔަފާރި ކުންފުނިން ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 438522 ޑޮލަރު ވަނީ ފައިދާގެ ގޮތުގައި ލިބިފަ އެވެ. އޭގެ ކުރީ ތިން މަހު އެ ކުންފުންޏަށް ވަނީ 2.8 މިލިއަން ޑޮލަރުގެ ފައިދާއެއްވެފަ އެވެ.
އެމްޓީޑީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އެކުއާޓާގައި އާމްދަނީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ލިބިފައިވާއިރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 640116 ޑޮލަރެވެ. ހަރަދުގެ ގޮތުގައި 329138 ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.
އެ ކުންފުންޏަށް މިދިޔަ ދެ ކުއާޓާގައިވެސް ފައިދާވެފައިވާއިރު، އެ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުމެއް ކުރިން ކުރިމަތިވި ހެރެތެރެ ރިސޯޓު މިހާރު ވަނީ 33.3 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ.
އެމްޓީޑީސީ އިން ހަދާފައިވާ ރިސޯޓް، 33,333,333 ޔޫއެސް ޑޮލަރު (514 މިލިއަން ރުފިޔާ) އަށް މިދިޔަ މާޗް މަހު ވިއްކާލާފައި ވަނީ، ސިންގަޕޫރުގެ ކޭނަރީޒްސް ޕްރައިވެޓް ލިމިޓެޑަށެވެ.