އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖާ އަދުނާން މުޙައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފައި ވަނީ މޭޖަ ހުސައިން އަލީ އެވެ. ހުސައިން އަލީ އެ މަގާމުން ވަކިކޮށް އަދުނާނަށް އެ މަގާމު ދީފައި ވަނީ އެއީ ބަދަލުވާ މަގާމަކަށް ވާތީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.