31 Jan 2015, 12:28
ސްރީލަންކާގެ އާ ޗީފް ޖަސްޓިސްގެ މަގާމަށް ތަމަޅަ މީހަކު އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އައްޔަން ކުރައްވައިފި އެވެ. މިއީ ބައިމަދު ތަމަޅަ މީހަކަށް މިފަދަ މަގާމެއް ދިން ފުރަތަމަ ފަހަރެވެ.
ފަނޑިޔާރު ކޭ ސިރިޕަވަން، 62، ވަނީ އިއްޔެ ރައީސް ސިރިސޭނާގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައިފަ އެވެ.
ކޭ ސިރިޕަވަން، މަގާމާ ހަވާލުވުމާ އެކު ދާދިފަހުން ޗީފް ޖަސްޓިސްގެ މަގާމުދިން ސިރާނީ ބަންޑާރަނައިކަ މަގާމުން އިސްތިއުފާ ދެއްވާނެ އެވެ.
ކޭ ސިރިޕަވަން އަށް އުއްތަމަފަނޑިޔާރުގެ މަގާމު މި ހަވާލުކުރީ ކުރީގެ އުއްތަމަފަނޑިޔާރު ބަންޑާރަނައިކަ 2013 ވަނަ އަހަރު މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި އޭނާ އަށް އަލުން މަގާމު ހަވާލުކުރިތާ ދެ ދުވަސް ވެސް ނުވަނީހެވެ.
ކުރީގެ އުއްތަމަފަނޑިޔާރު ބަންޑާރަނައިކަ އެ މަގާމުން ވަކި ކުރީ ކޮރަޕްޝަންގެ މައްސަލަތަކެއް ކުރިމަތިކޮށް، ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރުންނެވެ.