މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ޒަޚަމްވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު 9:40 އެހާކަންހާއިރު މަޖީދީ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓައި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއާއި އެވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އަނެއް މީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ އެކްސިޑެންޓުގައި އެ ދެ މީހުންނަށް ލިބުނީ ކިހާވަރެއްގެ ޒަޚަމްތަކެއް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.