31 Jan 2015, 10:08
ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަތުރުވެރިޔާ މަރުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 2:45 އެހާކަންހާއިރު ކަމަށެވެ. މަރުވެފައިވަނީ 22 އަހަރުގެ ލިތުއޭނިއާގެ ރައްޔިތެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ފަތުރުވެރިޔާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.