ގިނަ އަދަދެއްގެ ބަނގުރާ ހުސްކުރި ފުޅިތަކަކާއި ދަޅުތަކެއް ހދ. ކުޅުދުއްފުށީ ކުނިގޮނޑުން އިއްޔެ ފެނިިއްޖެ އެވެ.

ފުލުހުން ބުނީ ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކަކާއި ދަޅުތަކެއް ހދ. ކުޅުއްދުއްފުށީ ކުނިގޮނޑުން ފެނުނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށާއި އެ ފުޅިތަކަކީ ސަފާރީއަކުން ބޭނުންކުރުމަށްފަހު އެއްލާލައިފައި ހުރި ފުޅިތަކެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކިިތައް ފުޅި ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.