ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ 17 ބޭފުޅަކަށް ދެއްވައިފި އެވެ.

އެބޭފުޅުންނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައި ވަނީ މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ގާާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޏ. ފުވައްލައް، ހޯދަނޑު ރޭނިސް، މުހައްމަދު އާލިމް އަބްދުﷲ އާއި މ. ޖަވާހިރުގޭ އަފްރަހު އުސްމާން އާދަމާއި ހުޅުމާލޭ ފްލެޓު 11088 ޝިހާދު އިބްރާހީމާއި ގދ. ފިޔޯރީ ސަންޑަލްވޫޑް ސިނާން އަލީ އާއި ފ. ނިލަންދޫ ކަރަންކާގޭ ހާމިދު އަހްމަދާއި މާލޭ ދަފްތަރު 8520 މުހައްމަދު އާދިލް އާއި މާލޭ ދަފްތަރު 535 އަލީ ނަސީރު ގާސިމާއި ފ. ނިލަންދޫ ވެނީލާގޭ އަލީ ވަހީދާއި ގއ. ވިލިނގިލީ އިރާކުގެ އަހްމަދު ޝާން އާއި ހަމައެގޭ ޝުއައިބާ ސައީދު އާއި މ. މުލަކު، ޝަބްނަމީގޭ ހަސަން ޒަހީންއާއި މާލޭ ދަފްތަރު 10025 އިބްރާހީމް ވަހީދު އާއި ހ. ފަޅަގަނޑިގޭ އަބްދުﷲ ވަހީދު އާއި މ. ފެންގަސް އަލީ ޝުހައިލް މުހައްމަދު އާއި ލ. ގަން، ތުނޑި އޯކިޑު ޒުހައިލާ އިބްރާހީމް އާއި ށ. ބިލެތްފަހީ ދިލްބަހާރުގޭ ހައްވާ މުހައްމަދު ވަހީދުއާއި ގދ. ރަތަފަންދޫ ރޯޝަނީގޭ އާތިރާ މުހައްމަދެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް ހާޒިރުވި އެ ރަސްމިއްޔާތުގައި ގާނޫނީ ވަކީލުކަމުގެ ހުވާ އެބޭފުޅުން ކުރައްވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކުރިފުޅުމަތީގަ އެވެ.

އެބޭފުޅުން ހުވާކުރެއްވުމާ އެކު ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ އަދަދަކީ 815 އެވެ.