ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލުކަން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ދޫކުރައްވައިފި އެވެ.

އާޒިމާގެ ލޯފާމު، އެވަންޓް ގާޑު ލޯފާމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަމިއްލަ ސަބަބުތަކަށް ޓަކައި ނާޒިމްގެ ގާނޫނީ ވަކީލުކަން ދޫކޮށްލި ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށް ޓަކައި ދަންނަވާ ކަމަށެވެ.

މީގެފަހުން ނާޒިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ޕްރިމިއަމް ޗެމްބާސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ. އެނިފް އަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:15 ގަ އެވެ. އެގޭތެރެއިން ހަތިޔާރުފެނިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން ރޭ ވަނީ ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓައިފަ އެވެ.