14:30


ޑީސަލް ލީޓަރަކުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 60 ލާރި އެސްޓީއޯ އިން ބޮޑުކޮށްފި އެވެ.


އެސްޓީއޯ އިން ބުނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެނެސް، މިހާރު ޑީސަލް ލީޓަރެއް ވިއްކާ އަގަކީ ދިހަ ރުފިޔާ ދިހަ ލާރި ކަމަށާއި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ ދިހަ ރުފިޔާ ފަސް ދޮޅަސް ފަސް ލާރި ކަމަށެވެ. އަދި މި ބަދަލު ގެންނަން ޖެހުނީ އެސްޓީއޯ އިން އެންމެ ފަހުން ގެނެސްފައިވާ ޑީސަލާއި ޕެޓްރޯލް ޝިޕްމަންޓުގެ އަގަށް އައިސްފައިވާ ބަދަލަކާ ގުޅިގެން ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.


އެސްޓީއޯ އިން ވިއްކަމުންދާ ޑީސަލްގެ އަގު މީގެ ކުރިން ހުރީ ނުވަ ރުފިޔާ ތިރީސް ދެ ލާރި އަށް. އަދި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ ދިހަ ރުފިޔާ ފަސް ލާރި އަށެވެ.


މިއީ މިއަހަރުގެ ތެރޭގައި ޑީސަލްގެ އަގަށް އެސްޓީއޯ އިން ބަދަލު ގެނައި ތިން ވަނަ ފަހަރު އަދި ޕެޓްރޯލްގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ.