ހޯމަ ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް ގޯތިތެރެއަށް ޑްރޯން ވެއްޓެއް ދިމާވީ މަސްތުގެ ހާލަތުގައި އެ ދުއްވި، ގިއޯސްޕޭޝިއަލް އިންޓެލިޖެންސް އޭޖެންސީގެ މުވައްޒަފެއްގެ އަތުން ކަމަށް ސީކްރެޓް ސާވިސް އިން ބުނެފި އެވެ.

ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި އޮތޯރިޓީތަކަށް ގުޅުމުގެ ކުރިން ޑްރޯން ވައިޓްހައުސް އަށް ވެއްޓިދާނެ ކަމުގެ ބިރުހީކޮށް އޭނާގެ ރައްޓެއްސަކަށް މެސެޖުކޮށްފައިވާ ކަމަށް އެމީހާ ބުނެފައިވެ އެވެ. ސީކްރެޓް ސާވިސް އިން ބުނާ ގޮތުގައި ނަން ފާޅުކޮށްފައި ނުވާ މީހާ ގެންގުޅުން ޑްރޯން ވެއްޓެން ދިމާވީ ގޯސް މޫސުމަކަށް ވެދާނެ ކަމަށެވެ.

ސީކްރެޓް ސާވިސް އިން އެނާގެ މައްޗަށް އެއްވެސް ކުށެއްގައި ޗާޖުކޮށްފައި ނުވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ބުންޏެވެ. އެމީހާ ބުނާ ގޮތުގައި އެ ޑްރޯން އަކީ އޭނާގެ ރައްޓެއްސެއްގެ އެޗެއް ކަމަށާއި އޭނާ ބޭނުން ކުރުމަށް ނަގާފައިވާ ކަމެށެވެ. އެމީހުން ބުނާ ގޮތުގައި ވެއްޓިފައި ވަނީ ޑީޖީއައި ފެންޓަމް ޑްރޯން އެކެވެ.

ސީކްރެޓްސާވިސް އިން ބުނެފައި ވަނީ ވެއްޓުނީ ދެފޫޓް ދިގު ކްއާޑްކޮޕްޓަރެއް (ހަތަރު ބުރަފަތީގެ އެހީގައި އުދުއްސާ ކުޑަ އުޅަނދެއް) ކަމަށާއި އެއީ ވިޔަފާރީގެ އުސޫލުން ވިއްކަން ހުންނަ ބާވަތެއް ކަމަށެވެ.

"ވިޔަފާރީގެ އުސޫލުން ގަންނަން ލިބެން ހުންނަ މި ޑިވައިސްގެ އަސްލާއި ފޮނުވި ބޭނުމަކާއި ފޮނުވި ބަޔަކު ދެނެގަތުމަށް ތަހުގީގެއް އަންނަނީ ކުރަމުން،" އެމެރިކާ ސީކްރެޓް ސާވިސްގެ ތަރުޖަމާން ބްރަޔަން ލިއަރީ ވިދާޅުވި އެވެ.

ހާދިސާ ހިނގި އިރު ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާ ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. ނަމަވެސް ދެ ދަރިކަނބަލުންނާއި އެ ދެ ދަރިކަނބަލުންގެ މާމާފުޅު ވައިޓްހައުސްގއި ތިއްބެވީ ވައިޓްހައުސްގައި ކަމެއް ނުވަތަ ނޫންކަމެއް ނޭނގެ އެވެ. އާއްމުގޮތެއްގައި އޮބާމާއާއި އަނބިކަނބަލުން ތަންތަނަށް ވަޑައިގަންނަވާ އިރު ، ދަރިދަރިކަނބަލުން ނުގެންދަވާ ބައިތިއްބަވާ ކަމަށާއި އެއީ އެބޭފުޅުން ސްކޫލަށް ވަޑައިގަންނަވާތީ ކަމަށެވެ.