ގްލޯބަލް ކްރައުން ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރަމުންދާ "ޕްރިސްސެސް ދޮންކަމަނަ" ސަފާރީން ދައުލަތަށް ޓެކްސް ދައްކާފައި ނުވާތީ ޖޫރިމަނާއާ އެކު ޖުމްލަ 145،098 ރުފިޔާ ދެއްކުމަށާއި އިބުނިއްތާސިއު މުސްތަފާއާ އިން ދައްކަން ޖެހޭ 2072 ޑޮލަރަށްވާ، 31،950.24 ރުފިޔާ އާއި ޓެކްސް ނުދެއްކުމުން ކުރި ޖޫރިމަނާ އަށްވާ، 65،000 ރުފިޔާ މީރާ އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މީރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ގްލޯބަލް ކްރައުން އިން ދައްކަން ޖެހޭ ފައިސާ ހަތަރު މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އިބުނިއްތާސިއު މުސްތަފާއާ އިން ދައްކަން ޖެހޭ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.