28 Jan 2015, 10:32
ޓެކްސް ބަޔާން ހުށައަޅަން ޖެހޭ މުއްދަތާ ދިމާކޮށް ބަޔާން ފުރުމަށް އެހީތެރިވުމަށް މީރާއިން މަގުތަކަށް ނުކުމެއްޗެ އެވެ.
މީރާގެ އޮފިޝަލަކު ސަން އަށް ވިދާޅުވި ގޮތުގައި ޖީއެސްޓީ ބަޔާން ހުށަހެޅުން އަދި ފައިސާ ދެއްކުމުގެ މުއްދަތު މިއަދަށް ހަމަވާއިރު އަދި 2014 ވަނަ އަހަރުގެ ބީޕީޓީ ދެވަނަ އިންޓަރިމް ސްޓޭޓްމަންޓް ހުށަހެޅުން އަދި ޕޭމަންޓް ދެއްކުން މިމަހުގެ 31 ދުވަހުގެ ނިޔަލަށް ހަމަވާ އިރު އެބަޔާންތައް ހުށައެޅުމަށް އެހީތެރިވުމަށް މީރާގެ ޑެސްކުތައް މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ޑެސްކްތަކުން ކުރާ ކަންކަމުގެ ތެރޭގައި ޓެކްސް އާއި ގުޅޭ މައުލޫމާތު ދިނުމާއި މީރާއަށް ހުށައަޅަން ޖެހޭ ބަޔާންތައް ފުރަން އެހީތެރިވެދިނުން ހިމެނޭ،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީރާ އިން ކައުންޓަރުތައް ބަހައްޓާފައިވާ ސަރަހައްދުތަކަކީ އެސްޓީއޯގެ ޓުރޭޑް ސެންޓަރު ބޭރާއި ވެލާނާގޭ ކަންމަތީގެ އިތުރުން މީރާ އޮފީސް ދޮރުމަތީގަ އެވެ.
އޭނާ ވިދާޅުވީ ފޯމްފުރުމަށާއި އެކިއެކި ގޮތްތަކުން އެހީތެރިވުމަށް މީރާގެ ޑެސްކުތައް ބެހެއްތޫމުގެ އިތުރުން ބަޔާން ހުސައަޅަން އަންނަ ފަރާތްތަކަށް އަވަސް ހިދުމަތެއް ދިނުމުގެ ގޮތުން މީރާގެ ގޯތި ތެރޭގައި އިތުރު ކައުންޓަރުތައް ބަހައްޓައި އަވަސް ހިދުމަތެއް ދެމުން އަންނަ ކަމަށެވެ.