28 Jan 2015, 10:28
މާލޭގެ ފަސްވަނަ އަވަށް ވިލިމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ފުލުހުން ނަގައިފި އެވެ.
އިއްޔެ އާއި ކުރީ ދުވަހު ވިލިމާލޭ މަގުތަކުން ފުލުހުން ނަގާފައިވާ ތަކެތީގެ ތެރޭގައި، ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޖޯލި ފައްޗާއި، ގަސް އަދި އެނޫންވެސް ތެކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ވިލިމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތީގެ ސަބަބުން މަގުތަކުގައި ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން މީގެ ކުރިންވެސް ވަނީ ވިލިމާލޭ މަގުތަލުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގާ، މަގުތަށް ސާފުކޮށްފަ އެވެ.