‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގްރީސްގެ ބޮޑުވަޒީރު ކަމަށް ‏‏‏އިންތިހާބުވެވަޑައިގެންނެވި ‏އެލެކްސިސް ސީޕްރަސް އަށް ‏ތަހުނިޔާ ވިދާޅުވެއްޖެ އެވެ‏‎.‎

ރައީސްގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ‏‏އަދި ‏‏‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ‏އެލެކްސިސް ސީޕްރަސްއަށް ‏މަރްޙަބާ ވިދާޅުވެ، ‏‏‏ހެޔޮއެދުންތައް ‏‏ފޮނުއްވާފައިވެ އެވެ.‏

އެލެކްސިސް ސީޕްރަސްގެ ‏ޒައާމަތުގައި، ‏‏ގްރީސްގެ ‏‏ރައްޔިތުންނަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ‏‏ކަމުގައި ‏‏ރައީސް ވިދާޅުވެފައިވެ އެވެ‏‎.‎‏ އަދި ރާއްޖެ އާއި ގްރީސާ ‏ދެ ގައުމުގެ ދެމެދުގައި ‏‏އޮތް ‏‏ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް ޔަގީން ކުރައްވާ ‏‏ކަމުގައި ވެސް ރައީސްގެ މެސެޖުގައި ‏‏ވިދާޅުވެފައިވެ އެވެ. ‏