މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ކޯޑިނޭޓަރު ކަމުގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަންކޮށްފި އެވެ.

ހައުސިންގް މިނިސްޓްރީއަށް ރައީސް ޔާމީން އިއްޔެ އައްޔަން ކުރައްވާފައި ވަނީ ލ. އަތޮޅު އިސްދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު އާސިފު އެވެ. ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމަށް އޭނާ އައްޔަންކޮށްފައި ވާކަން އާސިފު ވަނީ 'ސަން' އަށް ޔަގީންކޮށް ދީފަ އެވެ. އަދި އޭނާ ވަނީ މިއަދު ވަޒީފާއައް ވެސް ނިކުމެވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށް ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން ސަރުކާރުގެ ގިނަ މިނިސްޓްރީތަކަށް ގިނަ އަދަދެއްގެ ކޯޑިނޭޓަރުން ދަނީ އައްޔަންކުރަމުންނެވެ.