27 Jan 2015, 12:00
މަޝްހޫރު ސޯޝަލް ނެޓްވޯކް، ފޭސްބުކް އާއި އެ ކުންފުނިން ހިންގާ ފޮޓޯ ހިއްސާކުރާ ވެބްސައިޓް އިންސްޓަގްރާމްއަށް މައްސަލައެއް ޖެހި ބޭނުން ނުކުރެވޭ ގޮތް ވެއްޖެ އެވެ.
ފޭސްބުކް ބޭނުން ކުރަން އުޅޭ މީހުންނަށް ބައެއް ގައުމްތަކުގައި ލިބޭ މެސެޖްގައި އޮންނަނީ އެ އެވެބްސައިޓް ޑައުން ވެފައިވާ ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާ ފޭސްބުކް އަކީ ވަކި ވަކި ފަރުދުންގެ އިތުރުން އެކި ކުންފުނިތަކާއި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކާއި ނިއުސް އެޖެންސީ ތަކުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ ވެބްސައިޓެކެވެ.
ފޭސްބުކް ޑައުން ވުމާ ގުޅިގެން ސޯޝަލް މީޑިއާ ޓުވިޓާގައި އުފައްދާފައިވާ ފޭސްބުކް ޑައުން ހޭޝްޓެގް މިހާރު ވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އެންމެ ޓްރެންޑިން ހޭޝްޓެގަށެވެ. އަދި އޭގެ އިތުރުން "ތިންގްސް އައި ޑިޑް ވެން ފޭސްބުކް ވޯޒް ޑައުން" ވެސް ވެފައި ވަނީ ޓްރެންޑިން ހޭޝްޓެގަކަށެވެ.