27 Jan 2015, 11:10
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެއިން އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ މީހެއް ކަމަށާއި އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭގެ ފްލެޓެއްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.
އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހާ އެ ވަގުތު އިށީނދެއިން ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ޒާތުގެ ރަބަރު ޕެކެޓަކާއި ވަޅިއެއްގެ އިތުރުން ސިނގިރޭޓް ފޮށްޓަކާއި ލައިޓަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ އެ އަންހެން މީހާ ހައްޔަރު ކުރީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމަންޓެއްގެ ތެރޭގައި އެކަނި އިނދަ އެވެ.