27 Jan 2015, 10:53
ލ. ގަމުން ގޯތި ދުކުރުމުގައި ކައުންސިލްގެ ބައެއް މެމްބަރުންނާ ގުޅުން ހުރި ފަރާތްތަކަށް ގޯތި ދޫކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި އެ ރަށު ކައުންސިލްގެ ކުރީގެ ރައީސްގެ ބަންދަށް 15 ދުވަސް ގަމު މެޖިސްޓްރޭޓު ކޯޓުން ޖަހައިދީފި އެވެ.
ގަމު ކައުންސިލްގެ ކުރީގެ ރައީސްގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ އިރު އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ކައުންސިލް އިދާރާގެ އިސް ދެ މުވައްޒަފެއްގެ ބަންދަށް ވެސް ވަނީ 15 ދުވަސް ކޯޓުން ޖަހައިދީފަ އެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ކުރީގެ ކައުންސިލުން ގޯތި ދޫކޮށްފައިވާ ކަމަށް ބުނެ ފުުުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާރުގެ ކައުންސިލުން ނެވެ. އެހެންކަމުން ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ގަމު ކައުންސިލް އިދާރާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ.