"ރިއަލް ޓޭސްޓް ބެޓާ ޕުރައިސް"ގެ ނަމުގައި ހެޕީ މާކެޓުން ކުރިއަށް ގެންދިޔަ މައި ކޯލާ ޕްރޮމޯޝަންގެ ނިމުން ފާހަގަކޮށް ބައިލައްކަ ރުފިޔާގެ ނަސީބު ވެރިޔާ ރޭ ހޮވައިފި އެވެ.

ރާއްޖޭގެ މާކެޓަށް މައިކޯލާ ތައަރަފްކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯމްބަރު 15 އިން ޑިސެމްބަރު 15 އަށް އެންމެ ގިނައިން މައިކޯލާ ފުޅީގެ މަތިގަނޑު އެއްކޮށްގެން ބައިލައްކަ ރުފިޔާ ހޯދީ އިބްރާހިމް ރަޝީދު އެވެ. ނަސަންދުރާ ޕެލަސްހޮޓަލްގައި ރޭ ބޭއްވި އެ ހަފްލާގައި އެންމެ ގިނައިން މައިކޯލާގެ މަތިގަނޑު އެއްކުރި ނުވަފަރާތަކަށް ވެސް ވަނީ ގިފްޓް ވޮއުޗާއެއް ހަވާލުކޮށްފަ އެވެ.

ހެޕީ މާކެޓަކީ ގިނަ އަހަރުތަކެއްވަންދެން ފުޅާދާއިރާއެއްގައި ރާއްޖޭގެ ބާޒާރަށް ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރަމުން އަންނަ ކުންފުންޏެކެވެ.

މައި ކޯލާ އަކީ 2010 ވަނަ އަހަރު ހެޕީ މާކެޓުން ބާޒާރަށް ނެރުނު ލަންކާގެ އުފެއްދުމެކެވެ. މައި ކޯލާގައި ތަފާތު ހަތް ފުލޭވާއެއް ލިބެން ހުރެ އެވެ.

ހެޕީމާކެޓުން އަންނަނީ ލައިފް ފެން ވެސް ރާއްޖޭގެ ބާޒާރަށް ސަޕްލައިކުރަމުންނެވެ.