Last Updated:
1 decade 10 month ago

ޕީޕަލްސް ކަޕް: ލަޔަންސް ބަލިކޮށް ޕީޑީއާރުއެމް ފައިނަލަށް

    ބުލޮގު ޚުލާސާ
    ޕީޕަލްސް ކަޕްގައި ޕީޑީއާރުއެމް އާއި ސިންގަޕޯރ ލަޔަންސް ބައްދަލުކުރާ މެޗުގެ ލައިވް ވެބްކާސްޓަށް މަރުހަބާ.
    22:55

    ޕީޕަލްސް ކަޕްގެ ހަވަނަ މެޗުގައި މިރޭ މެލޭޝިއާގެ ޕީޑީއާރުއެމްއާއި ސިންގަޕޫރުގެ ލަޔަންސް 12 ބައްދަލުކުރި މެޗުން 1-0 އިން ޕީޑީއާރުއެމް މޮޅުވެ މުބާރާތުގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމު ފައިނަލަށް ދަތުރުކޮށްފި އެވެ.

    އަންނަ ބުދަ ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި ޕީޑީއާރުއެމާ ވާދަކުރާނީ، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

    މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ރީތި ކުޅުމެއް ފެނިފައިވާއިރު، ފުރަތަމަ ހާފުގެ ކުރީކޮޅުގައި ލަޔަންސުން ވަނީ، ޕީޑީއާރުއެމްގެ ގޯލަށް ނުރަށްކާކޮށް ތިން ހަމަލާއެއް ފޮނުވާލާފައެވެ. އަދި ޕީޑީއާރުއެމުން ވެސް ލަޔަންސްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް އެ ހާފުގައި ފޮނުވާލާފައިވާއިރު ފުރަތަމަ ހާފު ނިމުނީ، ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

    މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ޕީޑީއާރުއެމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން، 52 ވަނަ މިނިޓްގައި ޑްރަމާނޭ ޓްރައޮރޭ އެވެ.

    ޕީޑީއާރުއެމަށް ޕެނަލްޓީ ލިބުނީ، ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރެއަށް ދަގަނޑޭ ބޯޅަ ހިފައިގެން ވަދެ ބޯޅަ ފޮނުވާލަން އުޅެނިކޮށް ލަޔަންސްގެ ކެޕްޓަން އީސަ، ދަގަނޑޭގެ ފައިގައި އަޅުވާ ވައްޓާލުމާ ގުޅިގެނެވެ. އެ ފައުލާއެކު ރެފްރީ އަމީޒް ވަނީ، އިސައަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ ބާކީ ބައި ލަޔަންސް ކުޅެފައި ވަނީ 10 ކުޅުންތެރީންނާއެކު އެވެ.

    ފަހު ހާފުގައި ޕީޑީއާރުއެމުން ވަނީ، ލަޔަންސްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި 1-0 އިން ޕީޑީއާރުއެމް މޮޅުވެގެންނެވެ.

    22:53

    މި ނަތީޖާއާއެކު ޕީޑީއާރުއެމަށް މިވަނީ މުބާރާޓުގެ ފައިނަލުން ޖާގަ ލިބިފައި.
    22:53

    މެޗު ނިމިއްޖެ.
    22:52

    ލަޔަންސްގެ އިޒްލީން ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާ ތެރޭން ފޮނުވާލި ބާރު ޝޮޓް ގޯލަށް އަމާޒެއް ނުވި.
    22:51

    އަނެއްކާވެސް، ޕީޑީއާރުއެމްގެ ހަމަލާއެއް. ޓްރައޮރޭ ލަޔަންސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓް ކީޕަރު އިޒްވާން ދިފާޢުކުރީ.
    22:50

    މެދުރޮނގާ ހިސާބުން ބޯޅަ ހޯދައިގެން ދަގަނޑޭ ލަޔަންސްގެ ޕެނަލްޓީއޭރިޔާއާ ހަމައަށް ގޮސް ފޮނުވާލި ބޯޅަ ކީޕަރު މަތަކޮށްފި.
    22:49

    މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވުމާއެކު އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް ދައްކައިފި.
    22:47

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ޕީޑީއާރުއެމްގެ ލޫތު ފޮނުވާލި ހިލޭ ޖެހުން ގޯލް ކީޕަރު އަތަށް.
    22:47

    ދަގަނޑޭ ބޯޅަ ހޯދަން މަސައްކަތްކުރަނިކޮށް ލަޔަންސްގެ ކުޅުންތެރިއަކު މިވަނީ އެޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭއަށް ފައުލް ކޮށްފައި. ޕީޑީއާރުއެމަަށް ޖެހުމެއް.
    22:45

    ލަޔަންސްގެ ޑިފެންސް ކުޅުންތެރީން ކައިރިއް ބޯޅަ ނައްޓާފައި، އެޓީމުގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    22:43

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ޝަހުރައިންއަށް ދަގަނޑޭ ޖައްސާލި ބޯޅަ، ޝަހުރައިން ގޯލަށް އަމާޒުކޮށް ފޮނުވާލުމުން ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށް. ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ލަޔަންސް ކުޅުންތެރީން އަތުން ކޯނަރަކަށް ބޭރު.
    22:41

    ލަޔަންސްއަށް ކޯނަރެއް.
    22:41

    ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރޭން ލަޔަންސްގެ އަމްރީއަށް ހުސްކޮށް ލިބުނު ބޯޅަ އޭނާއަށް ރަނގަޅަށް ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި. ބޯޅަ ދިޔައީ ކީޕަރުގެ އަތަށް.
    22:40

    މިހާރު ކުޅެވެމުން މިދަނީ މެޗުގެ ފަހު 10 މިނިޓްގެ ކުޅުން. މި ނާތީޖާގައި މެޗު ނިމިއްޖެ ނަމަ، ޕީޑީއާރުއެމް ފައިނަލަށް ދާނެ.
    22:35

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރޭން ޝަހުރައިން ފޮނުވާލި ބޯޅަ ލަޔަންސްގެ ގޯލްދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް. ނަތީޖާ ފުޅާކުރާން ރަގަޅު ފުރުސަތެއް.
    22:33

    ޕީޑީއާރުއެމުން ބަދަލެއް. ފައުޒީގެ ބަދަލުގައި ލޫތު އަބޫ ހަސަން.
    22:32

    ދަގަނޑޭ ލަޔަންސްގެ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ބޭރަށް ނުކުމެ ދިފާއުކުރީ. ރިބައުންޑް ބޯޅަ، ފައުޒީ ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލް ދަނޑީގެ އަރިމަތިން ބޭރަށް.
    22:29

    ޕީޑީއާރުއެމުން ބަދަލެއް. އަޒުވާންގެ ބަދަލުގައި ޝަހުރައިން ކުޅެން ނުކުތީ.
    22:27

    ލަޔަންސްގެ އަމްރީއަށް ޕީޑީއާރުއެމްގެ އަފީފު ފައުލް ކުރުމާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް.
    22:23

    ޕީޑީއާރުއެމްގެ މުސްލިމު އަތުން ލަޔަންސްގެ ނަޒްރުލްއަށް އަނިޔާ ވެގެން ނަޒްރުލްއަށް ފަރުވާދެނީ.
    22:19

    ޕީޑީއާރުއެމުން ލީޑު ނެގުމާއެކު އެޓީމުން ދަނީ، ލަޔަންސްގެ ގޯލަށް ނުރައްކާކުރަމުން.
    22:14

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާ ތެރޭން އެޓީމުގެ ކެޕްޓަން އީސަ ދަގަނޑޭއަށް ފައުލުކުރުމާ ގުޅިގެން ރެފްރީ އަމީޒު ވަނީ އީސައަށް ރަތްކާޑެއް ދައްކާފައި. ލަޔަން މިހާރު ކުޅެމުން ދަނީ އެއް ކުޅުންތެރިއަކު މަދުން.
    22:11

    ޓްރައޮރޭ ފޮނުވާލި ޕެނަލްޓީ ސީދާ ގޯލްގެ މެދަށް. މިހާރު ނަތީޖާއަކީ ޕީޑީއާރުއެމް 1-0 ލަޔަންސް.
    22:10

    ޕެނަލްޓީ ފޮނުވާލަނީ، ޓްރައޮރޭ.
    22:09

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރެއަށް ދަގަނޑޭ ބޯޅަ ހިފައިގެން ވަދެ ބޯޅަ ފޮނުވާލަން އުޅެނިކޮށް ލަޔަންސްގެ ކެޕްޓަން އީސަ ދަގަނޑޭގެ ފައިގައި އަޅުވާ ވައްޓާލުމާ ގުޅިގެން ޕީޑީއާރުއެމަށް ޕެނަލްޓީ އެއް.
    22:09

    ޕީޑީއާރުއެމަށް ޕެނަލްޓީއެއް.
    22:05

    ސިންގަޕޯރ ލަޔަންސް އާއި މެލޭޝިއާގެ ޕީޑީއާރްއެމް ކުޅޭ މެޗްގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި- ދެވަނަ ހާފް ޕީޑީއާރްއެމްއިން ފެށީ ކީޕަރު ބަދަލުކޮށްފަ، ވިލްފްރެޑްގެ ބަދަލުގައި މިހާރު އެޓީމް ގޯލް ބަލަހައްޓަމުން ދަނީ ސައިފުލް އަމަރު
    21:46

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
    21:46

    އިތުރު ވަގުތުގެ އެއް މިނިޓް.
    21:45

    ދަގަނޑޭ ބޯޅަ ހޯދައިގެން ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަންނަން މަސައްކަތް ކޮށްފި. އެހެން ނަމަވެސް ލަޔަންސްގެ ކުޅުންތެރީން އޭނާއަތުން ބޯޅަ ހޯދައިފި.
    21:42

    ޕީޑީއާރުއެމްގެ ގޯލް ބަލަހައްޓަމުން ދަނީ އެޓީމުގެ ބަދަލު ކީޕަރު ވިލްފްރެޑް. އޭނާ މިވަނީ ރަނގަޅު ސޭވްތަކެއް މިހާތަނަށް ހަދާފައި.
    21:41

    ލަޔަން އިން މިހާތަނަށް ޕީޑީއާރުއެމްގެ ގޯލަށް ނުރަށްކާކޮށް ތިން ހަމަލާއެއް އުފައްދާފައި ވަނީ.
    21:39

    ކްރިސްޓޮފާ ބޯޅަ ހިފައިގެން ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
    21:35

    ލަޔަންސްގެ ސިޔާފިގުގެ ބަދަލުގައި ކްރިސްޓޮފާ ކުޅެން އަރައިފި.
    21:34

    ފާދިލް ލަޔަންްސްގެ އޭރިޔާތެރެއަށް ނަގައިދިން ބޯޅަ އަފީފް ބޮލުން ޖަހައި ކުރިއަށް ފޮނުވާލީމަ ގޮސް ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ލަޔަންްސްގެ ކުޅުންތެރިއަކު ބޯޅަ ކޯނަރަކަށް ބޭރުކޮށްލީ. މިއީ ޕީޑީއާރުއެމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު.
    21:34

    ދަގަނޑޭ ފޮނުވާލި ބޯޅަ ލަޔަންސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކޯނަރަކަށް ބޭރު.
    21:32

    ލަޔަންސްގެ ހާފިޒު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޕީޑީއާރުއެމްގެ ޓްރައޮރޭއަށް ފައުލުކުރުމާ ގުޅިގެން ލަޔަންސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ޕީޑީއާރުއެމަށް ހިލޭ ޖެހުމެއް. ޖެހުން ފޮނުވާލަނީ ދަގަނޑޭ.
    21:30

    ޓްރައޮރޭ، ލަޔަންސްގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    21:25

    ލަޔަންސްގެ ސިޔާފިގް ޕީޑީއާރުއެމްގެ ފާދިލްއަށް ފައުލް ކުރުމުގެ ސަބަބުން ޕީޑީއާރުއެމަށް މެދު ރޮނގު ކައިރިން ޖެހުމެއް.
    21:23

    މިރޭގެ މެޗުގައި ވާދަކުރާ ދެޓީމަކީ ވެސް މެލޭޝިއާ ސުޕަ ލީގުގައި މި ސީޒަންގައި ވާދަކުރާ ދެޓީމު. އަދި އެ ލީގުގައި މި ދެޓީމުގެ ފުރަތަމަ މެޗު ވެގެންދާނީ ވެސް މި ދެޓީމުގެ ކުރިމަތިލުމަކަށް.
    21:21

    ޕީޑީއާރުއެމްގެ ހަމަލާއެއް. ލަޔަންސްގެ ޕެނަލްޓީ އޭރިޔާގެ ލައިންގެ ކުޑަތަންކޮޅެއް ބޭރުން ޓްރައޮރޭ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރު.
    21:20

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރެއަށް ޕީޑީއާރުއެމްގެ ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ ފޮނުވާލަން އެރީ ދަގަނޑޭ. އެހެން ނަމަވެސް ދަގަނޑޭ ބޯޅަ ހޯދަން ފުންމާފައި އެރި އިރު، ލަޔަންސްގެ ކުޅުންތެރިއެއްގެ ކޮނޑުގައި އަޅާ ކޮށްޕާލިކަމަށް ރެފްރީ ނިންމީ.
    21:16

    މެޗުގެ 16 މިނިޓްގެ ކުޅުން ނިމިފައިވާއިރު، ލަޔަންސް އިން މިވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޕީޑީއާރުއެމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައި.
    21:14

    އަނެއްކާވެސް ލަޔަންސަށް ރަނގަޅު ފުރުސަތެއް. ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ލަޔަންސްގެ ނަޒަރީއަށް ލިބުނު ބޯޅަ އޭނާ މެއިން ކޮންޓްރޯލް ކޮށްލާފައި ގޯލަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޕީޑީއާރުއެމްގެ ކީޕަރު ވިލްފްރެޑް.
    21:10

    ލަޔަންސްގެ އަމްރީއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ގެއްލިގެން ދިޔައީ. ބޯޅަ ހިފައިގެން ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އެކަނި ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުކުރެވުނު.
    21:04

    ލަޔަންސްއަށް ކޯނަރެއް.
    21:00

    މެޗު ފަށައިފި. ކިކްއޮފް ކުރީ ލަޔަންސް.
    20:59

    މެޗު ފެށުމަށްޓަކައި ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.