26 Jan 2015, 16:38
އޮޑި ދޯނި އަދި ލޯންޗު ފަހަރު އެހެލައި، މަރާތު ކުރުން މަނާ ސަރަހެއްދެއްގެ ގޮތުގައި ގދ. ތިނަދޫ ކައުންސިލުން ކަނޑައަޅާފައިވާ އެރަށު ބަރާސިލް ސަރަހައްދުގައި މިހާރު އެހެލާފައި ހުރި އުޅަނދުތަށް އަންނަ މަހުގެ ހަތަރެއްގެ ކުރިން ނެގުމަށް އެރަށު ކައުންސިލުން އަންގައިފި އެވެ.
ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބަރާސިލު ދަރަހައްދުގައި އެހެލާފައިވާ އުޅަދުފަހު ދީފައިވާ މުއްދަތުގައި ނުނަގައިފިނަމަ އެ އުޅަނދުފަހަރަކީ ދޫކޮށްލެވިފައިވާ ތަކެތި ކަމުގައި ކަނޑައަޅައި، އެ އުޅަދު ފަހަރާ މެދު ކައުންސިލަށް ފެންނަ ގޮތަކަށް އަމަލު ކުރުމުގެ ބާރު އެކައުންސިލަށް ލިބިގެން ވާ ކަމަށެވެ.
އެ އިއުލާނުގައިވާގޮތުން އެބާރު ކައުންސިލަށް ލިބިގެން ވަނީ ކައުސިލުން ފާސްކޮށްފައިވާ އާންމު ތަންތަނަށާއި، މަގުމައްޗަށާއި، ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.
ތިނަދޫ ކައުންސިލުގެ އިއުލާނުގައި ވާ ގޮތުން މިއަދުންފެށިގެން 10 ދުވަހުގެ ތެރޭގައި އެ އުޅަދުތަށް ނަގަން ޖެހެ އެވެ. އަދި ނުނަގައިފި ނަމަ ކޯޓުން އަންގާ ގޮތެއްގެ މަތިން ކައުންސިލުން އެ އުޅަދުތަކާމެދު އަމަލުކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނަފަ އެވެ.