Last Updated:
1 decade 10 month ago

ޕީޕަލްސް ކަޕް: ނިއުއަށް ޕޮއިންޓަކާއެކު މާޒިޔާ ފައިނަލަށް

  • ގައުމީ ފުޓްބޯޅަ ދަނޑުން: އަހްމަދު މުޖްތަބާ، އަހްމަދު ޖުނައިދު
ބުލޮގު ޚުލާސާ
ޕީޕަލްސް ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗުގެ ލައިވް ވެބްކާސްޓަށް މަރުހަބާ.
17:55އަހްމަދު ޖުނައިދު: ގައުމީ ފުޓްބޯޅަ ދަނޑުން

ޕީޕަލްސް ކަޕްގެ ފަސް ވަނަ މެޗުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗު، ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެން ނިމިއްޖެ އެވެ. މި މެޗުގެ ނަތީޖާއާއެކު މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޖުމުލަ ފަސް ޕޮއިންޓް ލިބިގެން މާޒިޔާ ވަނީ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފައެވެ.

މުބާރާތުގައި ނިއު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައި ނުވާއިރު، މިއަދުގެ މެޗަށް ނުކުތްއިރު ވެސް އެޓީމު ވަނީ މުބާރާތުން ކަޓައިފައެވެ. އެހެން ނަމަވެސް މިއަދުގެ މެޗު އެއްވަރުވުމުން އެޓީމަށް ވަނީ ހުސްއަތާ ނިންމާނުލައި ޕޮއިންޓެއް ލިބިފައެވެ.

މުބާރާތުގެ ފައިނަލްގައި މާޒިޔާއާ ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ، މެލޭޝިއާގެ ޕީޑީއާރުއެމްއާއި ސިންގަޕޫރުގެ ލަޔަންސް ވާދަކުރާ މެޗަށް ފަހުއެވެ. އެ މެޗުގެ ނަތީޖާ އެއްވަރު ވިޔަސް ނުވަތަ ޕީޑީއާރުއެމް މޮޅުވިޔަސް އެޓީމަށް ފައިނަލްގެ ޖާގައެއް ލިބޭނެ އެވެ. ލަޔަންސަށް މުބާރާތުގެ ފައިނަލުން ޖާގައެއް ލިބޭނީ މިރޭގެ މެޗުން މޮޅުވެގެންނެވެ.

މިއަދުގެ މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނޭ ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް އިދިކޮޅު ޓީމުގެ ގޯލް އެއްވެސް ޓީމަކަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މެޗުނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ނިއުގެ މުޙައްމަދު ސިފާން (ކުޑައްޓެ) ލައިންސަމަނާ ދިމާއަށް ކުޅިވަރުގެ ރޫހާ ހިލާފު ގޮތަކަށް މުއާމަލާތުކުރުމުން ރެފްރީ ޝިފާން ވަނީ، ކުޑައްޓޭއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ޕީޕަލްސްކަޕްގެ ހަަވަނަމެޗުގައި ޕީޑީއާރުއެމްއާއި ލަޔަންސް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ، މިރޭ 9:00ގައެވެ.

17:53

މެޗު ނިމިއްޖެ. މި މެޗުގެ ނަތީޖާ 0-0 އިން އެއްވަރުވުމާ ގުޅިގެން މާޒިޔާ މިވަނީ ފައިނަލަށް ދަތުރުކޮށްފައި.
17:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް. މިހާރު އޮތް ނަތީޖާއިން މެޗު ނިމިއްޖެ ނަމަ މާޒިޔާއަށް ފައިނަލްގެ ޖާގައެއް ކަށަވަރު ވާނެ.
17:48

ނިއުއިން ބަދަލެއް. ރަފައެލް ބެޓިމްގެ ބަދަލުގައި ކުޅެން އެރީ އަހްމަދު ސުހޭލް.
17:45

މާޒިޔާގެ ޖަޕާނު ޑިފެންޑަރު ނިއުގެ ހަމްޕުއަށް ފައުލުކުރުމުން މާޒިޔާގެ ހާފުގެ މެދެއްހާ ހިސާބުން ނިއުއަށް ހިލޭ ޖެހުމެއް.
17:44

މެޗުގެ ބާކީ ހަތްމިނިޓް ނިއުއިން ކުޅެން ޖެހޭނީ އެއް ކުޅުންތެރިއަކު މަދުން.
17:43

ލައިންސްމަނާ ދިމާއަށް ކުޅިވަރުގެ ރޫހާ ހިލާފު ގޮތަކަށް އެއްޗެކޭ ބުނުމުން، ރެފްރީ ޝިފާން ނިއުގެ ކުޑައްޓޭއަށް ރަތްކާޑު ދައްކައިފި.
17:42

ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ކުޑައްޓޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ލައިންސްމަން ދިދަ ނެގި. އެހެން ނަމަވެސް ރެފްރީ ދެއްކީ ކުޅުން ކުރިއަށް ގެންދަން.
17:41

ނިއުގެ ހަމްޕު މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާނުގެ އަތަށް.
17:39

މާޒިޔާގެ އަސަދުﷲއަށް ފައުލުކުރުމާ ގުޅިގެން ނިއުގެ ބްރެޒިލް މިޑްފީލްޑަރު ސަންޓޯސްއަށް ރީނދޫ ކާޑެއް.
17:38

ނިއުގެ ޕެނަލްޓީ އޭރިޔާތެރެއަށް ޔާމީން ހުރަސްކޮށްލި ބޯޅަ ޕެޑްރޯ ބޮލުންޖަހައި ބޭރަށް.
17:33

މާޒިޔާގެ ގޯލް އޭރިޔާތެރެއިން އަރިމަތިން އުމޭރު ފޮނުވާލި ބޯޅަ މާބޮޑަށް މަތިން ބޭރަށް.
17:30

ނިއުގެ ހާފުގެ ތެރެއިން އެޓީމުގެ ނިޔާއަށް ފައުލުކުރުމާ ގުޅިގެން މާޒިޔާގެ ބޮކުރީއަށް ރީނދޫ ކާޑެއް ދައްކައިފި.
17:29

މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ އުމޭރު ބޯޅަ ގޯލަށް ފޮނުވާލެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް މާޒިޔާގެ ޑިފެންސް ކުޅުންތެރީން ބޯޅަ ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލީ.
17:28

މާޒިޔާއިން ބަދަލެއް. އާއްކޮގެ ބަދަލުގައި ކުޅެން އަރަނީ އަހްމަދު ނާޝިދު (ނާއްޓެ)
17:26

މާޒިޔާގެ ޕެނަލްޓީއޭރިޔާއާ ދިމާލުން އަރިމަތިން ނިއުގެ އުމޭރަށް މާޒިޔާގެ ޖަޕާން ޑިފެންޑަރު ފައުލުކުރުމާ ގުޅިގެން ނިއުއަށް ހިލޭ ޖެހުމެއް.
17:24

ނިއުގެ ހާފުގެ މެދެއްހާ ހިސާބުން ދަނޑުގެ އަރިމަތިން މާޒިޔާގެ ސަމްދޫހު ފޮނުވާލި ހިލޭ ޖެހުން، ކީޕާރު މަރެންކޯގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
17:21

މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން އެ ޓީމުގެ ދެ ކުޅުންތެރީން ކައިރިން ނައްޓާލާފައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އުމޭރު ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރު.
17:20

ނިއުގެ ރަފައެލް މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ހުރަސް ނަގައިދޭން އުޅުނު ބޯޅަ މާޒިޔާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބޭރަށް.
17:18

ނިއުއަށް ލިބުނު ކޯނަރުން ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި.
17:17

ނިއުގެ ހަމްޒާ މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރޭން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް އެެހެން ނަމަވެސް ލައިންމަން ހުރީ އޭރު ދިދަ ނަގާފައި އޭގެ ކުރިން ބޯޅަ ބޭރަށް ދިޔަކަމަށް ބުނެ.
17:16

ދެންމެ މާޒިޔާއިން އުފެއްދީ މި މެޗުގައި އަދި ފެނިގެން ދިޔަ އެންމެ ނުރައްކާތެރި ހަމަލާ. ދެވަނަ ފަހަރަށް ސަމްދޫހު ނެގި ކޯނަރު ދިޔައީ ބޭރަށް.
17:14

ސަމްދޫހު ނަގައިދިން ކޯނަރު، ނިއުގެ ގޯލް އޭރިޔާ ތެރޭގައި ހުރި ޕަބްލޯ ބޮލުން ޖަހައި ގޯލަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށް. ދެވަނަ ފަހަރަށް ބޭރަށް އައި ބޯޅަ ގޯލަށް ފޮނުވާލަން މާޒިޔާގެ ކުޅުންތެރިން މަސައްކަތްކުރި. ނިއުގެ ކީޕަރު އަތުގައި ޖެހިފައި ބޯޅަ ކޯނަރަކަށް ބޭރު.
17:13

މަޒިޔާއަށް ކޯނަރެއް.
17:11

ނިއުގެ އޭރިޔާތެރެއަށް ސަމްދޫހު ނައިގެދިން ހުރަސް އާއްކޮގެ ފައިގައި ޖެހިފައި ގޯލް އަރިމަތިން ބޭރަށް.
17:08

ނިއުގެ ޕެނަލްޓީ އޭރިޔާގެ 2 ފޫޓެއްހާ ބޭރުން ސަމްދޫހު ކުރިއަށް ފޮނުވާލި ބޯޅަ ވަރަށް ބޮޑަށްމަތިންގޮސް ބޭރު.
17:08

ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން އަސަދުﷲ އަށް ނިއުގެ ކުޅުންތެރިއަކު ފައުލުކުރުމާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް.
17:06

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޮފް ކުރީ މާޒިޔާއިން.
17:04

މިއަދުގެ މެޗުގެ ޓިކެޓް ގަނެގެން ދަނޑަށް ވަތް ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު 10،000ރ ގެ ނަސީބުވެރިޔާގެ ޓިކެޓް ނަންބަރު: 053218
16:49

މެޗުގެ ފުރަތަމަ ހާފުގެ 45 މިނިޓް ހިނގުމާއެކު އިތުރު ވަގުތެއް ނުދީ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި.
16:45

ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޮކުރީ ވަރަށް ރީތިކޮށް ހުރަސްކޮށްލި ބޯޅަ ޖަހަން އަރައި ހުރީ އާއްކޮ. އެހެން ނަމަވެސް އާއްކޮގެ ފައި ބޯޅައާ ހަމައަށް ނުފޯރި.
16:44

އަކޫ ފޮނުވާލި ހިލޭ ޖެހުން މާޒިޔާގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ކޯނަރަކަށް ބޭރު.
16:43

މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން 10 ވަރަކަށް ފޫޓު ދުރުން ނިއުއަށް ހިލޭ ޖެހުމެއް.
16:37

މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއިން ނިއުގެ ހަމްޒާ ފޮނުވާލި ބޯޅަ މާޒިޔާގެ ޒިފްކޯ އަތުގައި ޖެހުނީ. އެހެން ނަމަވެސް ރެފްރީ ޝިފާން ދެއްކީ ޕްލޭއޮން. ނިއުގެ ކުޅުންތެރިން މައްސަލަ ޖެއްސުމުން ނިއުގެ ކެޕްޓަން އުމޭރަށް ރެފްރީ މިވަނީ ރީނދޫ ކާޑެއް ދައްކާފައި.
16:34

މާޒިޔާގެ ސަމްދޫހު ނިއުގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ފޮނުވާލި ހިލޭ ޖެހުމެއް ނިއުގެ ކީޕަރު މަރެންކޯ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
16:32
16:30

މާޒިޔާއިން ބަދަލެއް. އުޝާމަތުގެ ބަދަލުގައި ކުޅެން އެރީ މޫސާ ޔާމީން (ޔާންބެ)
16:28
16:25

ލިލީ ވަރަށް ރީތިކޮށް މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ނަގައިދިން ހުރަހެއް. އެހެން ނަމަވެސް ނިއުގެ ކުޅުންތެރިއަކަށް ބޯޅަ ލިބުމުގެ ކުރީން ކީޕަރު އިންމަ ބޯޅަ ހިފައިފި.
16:24

އުޝާމަތަށް ރީނދޫ ކާޑެއް.
16:23

ނިއުގެ ހަމްޒާ އެކަނި ބޯޅަ ހިފައިގެން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ދަނިކޮށް މާޒިޔާގެ އުޝާމަތު މިވަނީ އޭނާއަށް ފައުލުކޮށް ވައްޓާލާފައި. ނިއުއަށް ހިލޭ ޖެހުމެއް.
16:22

ނިއު މިހާރުވެސް ވަނީ މުބާރާތުން ކަޓާފައި.
16:21

މި މެޗް ޑްރޯ ވިޔަސް ނުވަތަ މާޒިޔާ މޮޅުވިޔަސް އެޓީމަށް މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރު ވާނެ. އެހެން ނަމަވެސް ބަލިވެއްޖެ ނަމަ ދެން ޖެހޭނީ މިރޭގެ މެޗުގެ ނަތީޖާއަށް މަޑުކުރަން.
16:19

މާޒިޔާގެ ހާފްތެރެއިން އަސަދުﷲއަށް ފައުލުކުރުމާ ގުޅިގެން ނިއުގެ ރަފައެލްއަށް ރީނދޫ ކާޑެއް.
16:17

ބޮކުރީ ފޮނުވާލި ހިލޭޖެހުން ނިއުގެ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް. ވަރަށް ރީތި ޖެހުމެއް.
16:17

ނިއުގެ ހާފްގެ މެދެއްހާ ހިސާބުން މާޒިޔާއަށް ހިލޭ ޖެހުމެއް. ބޯޅަ ފޮނުވާލަނީ ބޮކުރީ.
16:10

ނިއުގެ ހަމަލާއެއް. ހަމްޒާ މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ރަފައެލް ވަރަށް ބާރަށް ބޯޅަ ގޯލަށް ފޮނުވާލި އެހެން ނަމަވެސް ކީޕަރު އިމްރާނުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
16:09

ސަންޓޯސް، މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހުރަސްކޮށްލަދިން އިރު، ހަމްޕު ހުރީ އޮފްސައިޑްގައި.
16:08

ފުރަތަމަ 5 މިނިޓްގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް ނުއުފެއްދޭ.
16:07

މާޒިޔަގެ ފުރަތަމަ 11:

- އިމްރާން މުހައްމަދު (ކީޕަރު)،
- އިބްރާހީމް އުޝާމަތު
- ޒިވްކޯ ޑިނޭވް
- އަމްދާން އަލީ
- މުހައްމަދު އިރުފާން
- ޓޮޝިޔާ ހޮސޯ
- އަހުމަދު އިމާޒް
- އަސަދުﷲ އަބްދުﷲ (ކެޕްޓަން)،
- ހުސެއިން ނިޔާޒް (ބޮކުރީ)
- ސަމްދޫހު މުހައްމަދު
- ޕަބްލޯ ރޮޑްރިގޭޒް

16:06

މަޒިޔާއިން ވެސް މިއަދުގެ މެޗު ފެށިއިރު މިވަނީ ފުރަތަމަ 11 އަށް ބަދަލެއް ގެނެސްފައި. ފަރުހާދުގެ ބަދަލުގައި ސްޓާޓް ކުރީ އަހްމަދު އިމާޒް (އާއްކޮ)
16:03

މެޗު ފަށައިފި.
16:03

މެޗު ކިކްއޮފް ކުރަނީ ނިއުރޭޑިއަންޓުން.
16:02

ނިއުގެ ފުރަތަމަ 11:

- ޕެޑްރޯ އެންޓޯނިއޯ މަރެންކޯ (ގޯލްކީޕަރު)
- މުހައްމަދު ޝިފާން
- އަހުމަދު އަބްދުﷲ
- ރިލްވާން ވަހީދު
- ރަފައެލް ބެޓިމް މާޓް
- އެވާޓަން ސޫޒާ ސަންތޯސް
- އަކްރަމް އަބްދުލް ޣަނީ
- ހަމްޒާ މުހައްމަދު *
- އަހުމަދު ނިޔާޒު
- ޝާފިއު އަހުމަދު
- މުހައްމަދު އުމޭރު (ކެޕްޓަން)

16:00

މިއަދުގެ މެޗަށް ނުކުންނައިރު ނިއުރޭޑިއަންޓުގެ މުހައްމަދު ރަޝީދު (ހޮކޭ)އަށް އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި ރަތްކާޑެއް ދައްކާފައިވާތީ، ހޮކޭގެ ބަދަލުގައި ކުޅެން އަރާފައި މިވަނީ، ހަމްޒާ މުހައްމަދު (ހަމްޕު).
15:59

މެޗަށް ތައްޔާރުވުމުގެ ގޮތުން ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.