26 Jan 2015, 15:21
އިންޒާރުތައް ގިނަވެ، ސަލާމަތީ ސަބަބުތަކަކަށް ޓަކައި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ފުރަތަމަ ފަަހަރަށް ސެކިއުރިޓީ ނަގަވަން ފައްޓަވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ ކޮމިޝަނާ ކަމަށް ވަޑައިގެންނެވި ފަހުން މިއީ ކޮމިޝަނަރު ސެކިއުރިޓީ ނެންގެވި ފުރަތަަމަ ފަހަރު ކަމަށާއި ސީޕީ ސެކިއުރިޓީ ނަންގަވަން ފެއްޓެވީ ނުރައްކާތެރިކަން އޮތް ކަމަށް ފުލުހުންގެ އިންޓެލިޖެންސުން ނިންމުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް އިންޒާރުތައް ދެމުން ގެންދަނީ ކޮން ގޮތަކަށް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.
"ސީޕީ އަށް ނުރައްކާތެރިކަން ބޮޑުވެއްޖެކަން، އިންޓެލިޖެންސް އަށް އެނގިގެން ހެދި އެސެސްމަންޓަކަށް ފަހު އިންޓެލިޖެންސް އިން ނިންމީ ސީޕީ ސެކިއުރިޓީ ނުލައި ނޫޅުއްވުމަށް، އެހެންވެ ސީޕީއާ އެކު މިއަދުން ފެށިގެން ސެކިއުރިޓީން ހަރަކާތްތެރިވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ ފަހުން 24 ގަޑިއިރު ސީޕީ ހަރަކާތްތެރިވެވަޑައިގެންނަވާނީ ސެކިއުރިޓީއާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.