26 Jan 2015, 00:47
ލ. ގަމުން ގޯތި ދުކުރުމުގައި ކައުންސިލްގެ ބައެއް މެމްބަރުންނާ ގުޅުން ހުރި ފަރާތްތަކަށް ގޯތި ދޫކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން އެރަށު ކައުންސިލްގެ ކުރީގެ ރައީސް ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، މަކަރާ ހީލަތް ހެދުމުގެ ތުހުމަތުގައި ގަމުން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ މިރޭގެ އެކި ވަގުތުތަކުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް ހައްޔަރު ކުރި މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރަ އެވެ.
ގަވާއިދާ ހިލާފަށް ކުރީގެ ކައުންސިލުން ގޯތި ދޫކޮށްފައިވާ ކަމަށް ބުނެ ފުުުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާރުގެ ކައުންސިލުން ނެވެ. އެހެންކަމުން ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ގަމު ކައުންސިލް އިދާރާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.