25 Jan 2015, 23:42
އިންޑިއާގެ 65 ވަނަ ޖުމްހޫރީ ދުވަސް މިރޭ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
އިންޑިއާގެ ސަގާފީ ބައެއް ހަރަކާތްތަކާއި ޖާފަތަކާއި އެކު ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ހަފުލާ މިރޭ ބޭއްވީ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމްގަ އެވެ. ހަފުލާ ޝަރަފްވެރިކޮށްދެވީ ރާއްޖޭގެ ފޮރިން މިނިސްޓަރް ދުންޔާ މައުމޫނެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ވެދެމުން އަންނަނީ މިސާލީ އެހީތެރިކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އިންސާނީ ތަރައްގީއަށް އެގައުމުން ދޭ ސްކޮލަޝިޕް ފުރުސަތުތަކީ ބޮޑު އެހީތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ 65 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ހަފުލާގައި ވާހަފުޅުދައްކަވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވީ އިންޑިއާ އަށް މިނިވަންކަން ލިބި، އެގައުމުގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއަކަށް އަމަލުކުރަން ފެށި ފަހުން މިވީ 65 އަހަރުގެ ތެރޭގައި އެގައުމަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އިލްމީ ބޮޑެތި މަސައްކަތްތައް ހިނގާ ކޮންމެ ތަނެއްގައި އިންޑިއާގެ ފަންނީ މީހުން ގިނަ އަދަދަކަށް ތިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިންޑިއާގެ 65 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
"... އިންޑިއާ މިހާރު ހިމެނެނީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި. ޓެކްނޮލޮޖިކަލް މީހުންގެ އާބާދީ ދުނިޔޭގައި ތިން ވަނައަށް އެންމެ ބޮޑު ގައުމަކީ އިންޑިއާ،" ގާނޫނު އަސާސީ އާ މިނިވަން ކަމަށް ފަހު އެގައުމުން ކުރި މަސައްކަތުގެ ނަތީޖާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ 65 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
އަދި ވިދާޅުވީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސައިންސް އެޖެންސީގައި ވެސް އިންޑިއާގެ ގިނަ ބަޔަކު މަސައްކަތް ކުރާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިންޑިއާގެ 65 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝަހާރޭ ވިދާޅުވީ އެވާހަކަ ތަކުރާ ކުރާ ވަރަށް ވުރެ، ދެގައުމުގެ ގުޅުން އޮތީ ވަރުގަދަކޮށް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ ކަނޑަކީ ދެގައުމު ގުޅުވައިދޭ ސަބަބެއް ކަމަށެވެ.
އިންޑިއާ ކުރިއަރައި ގޮސްފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމާއި ބޭސްވެރިކަމާއި އިންފޮމޭޝަން ޓެކްނޮލެޖީ ހިމެނޭ ކަމަށް ޝަހާރާ ވިދާޅުވި އެވެ.

އިންޑިއާގެ 65 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ
މިރޭގެ ހަފުލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާއި ހައިކޮމިޝަންގެ އެހެން އިސްވެރިންނާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރް މޫސާ އަލީ ޖަލީލާއި ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބުރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.