25 Jan 2015, 23:28
ލ. އިސްދޫ ކަލައިދޫ ފަޅުތެރެއިން މިއަދު ފެނުނު 10 ފޫޓުގެ ކިނބޫ ސިފައިންނާ ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ މިރޭ ވިދާޅުވީ، އިސްދޫ ރައްޔިތުންގެ ބަޔަކަށް މިއަދު ފެނުނު އެ ކިނބޫ ސިފައިންނާ ހަވާލުކޮށްފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ކިނބޫ މިހާރު އޮތީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެންޑީއެފްގެ ސެންޓަރަލް އޭރިއާގެ ބެލުމުގެ ދަށުގައި މިހާރު ކިބޫ އޮތީ،" ހުސައިން އަލީ ވިދާޅުވި އެވެ.
އިސްދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ލުތުފީ ވިދާޅުވީ، ރައްޔިތުންގެ ބަޔަކު ކިނބޫ ހިފާފައި ވަނީ ރަށު ފަޅުތެރޭގައި އޮއްވައި ކަމަށެވެ.
ލުތުފީ ވިދާޅުވީ، މީގެ ދެ ހަފްތާ ކުރިންވެސް އެރަށު ކައިރީގައި ކިނބުލެއް އުޅޭކަމުގެ ވާހަކަތައް ރަށުތެރޭގައި ދެކެވި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.