ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓޯރާގެ މަގާމަށް ގަލޮޅު، ސިނަމާލެ، މުހައްމަދު އަންވަރު އައްޔަންކޮށްފި އެވެ.

އަންވަރު މިހާތަނަށް ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އަންވަރު އެ މަގާމަށް އައްޔަން ކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަންވަރަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާތަނަށް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ހަސަން އަލީ އެ މަގާމުން ވަކިކޮށް ހައުސިން މިނިސްޓަރުގެ ނައިބު ކަމަށް ރައީސް ޔާމީން ވަނީ ބަދަލުކޮށްފަ އެވެ.