09 Feb 2011, 10:44
އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރެއްގެ އަގުން 55 ލާރި އަދި ޕެޓްރޯލް ލީޓަރެއްގެ އަގުން 65 ލާރި ބޮޑު ކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ތެޔޮ ވިއްކާ އަގަށް ބަދަލު ގެންނަން ޖެހުނީ އެސްޓީއޯ އަށް އެންމެ ފަހުން ލިބިފައިވާ ޑީސަލާއި ޕެޓްރޯލް ޝިޕްމަންޓްގެ އަގަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.
އެ ބަދަލާ ގުޅިގެން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 11.00ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.25ރ. އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން އެންމެ ފަހުން ޑީސަލަށާއި ޕެޓްރޯލްގެ އަގަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެފަހަރު ޑީސަލް ލީޓަރެއްގެ އަގު ބޮޑު ކުރީ 10.45 ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ އަގު 10.60ރ. އަށެވެ.