ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރު ހަސަން އަލީ ހައުސިން މިނިސްޓަރުގެ ނައިބުކަމަށް ބަދަލުކޮށްފި އެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ހަސަން އަލީ އެ މަގާމަށް ބަދަލު ކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މިއަދު ކުރެއްވި ޓްވީޓަކުން އެކަން ހާމަކުރެއްވި ނަމަވެސް، ރައީސް ޔާމީން އޭނާ އެ މަގާމަށް ބަދަލުކުރެއްވީ ކީއްވެގެން ކަމެއް މުއާޒު ވިދާޅެއް ނުވެއެވެ.

ހަސަން އަލީ ކޮންޓްރޯލްރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.