25 Jan 2015, 13:52
ޒެންމްބިއާގެ ރިޔާސީ އިންތިހާބު އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަދި ޖަސްޓިސް މިނިސްޓަރު އެޑްގާ ލުންގު ކާމިޔާބު ކުރައްވައިފި އެވެ.
ޒެމްބިއާގެ އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ބީބީސީ އިން ރޭ ބުނީ ލުންގު އިންތިހާބު ކާމިޔާބު ކުރީ 48.3 ޕަސެންޓްގެ އަގުލަބިއްޔަތުން ކަމަށެވެ. އޭނާގެ ވާދަވެރިޔާ ޔުނައިޓެޑް ޕާޓީ ފޯ ނޭޝަނަލް ޑިވެލަޕްމަންޓްގެ ކެންޑިޑޭޓް، ހަކައިންޑޭ ހިޗިލެމަން އަށް ލިބިފައި ވަނީ 46.7 ޕަސެންޓް މީހުންގެ ވޯޓެވެ.
ޒެމްބިއާގައި އިންތިހާބެއް ބޭއްވީ ކުރީގެ ރައީސް މިސެއިލް ސަޓާ މިދިޔަ އޮކްޓޫބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ. މިއަދު މަގާމުގެ ހުވާ ކުރައްވާ ލުންގު ވިދާޅުވީ އޭނާގެ ކުރީގެ ރައީސްގެ އިގްތިސާދީ ސިޔާސަތުތައް އޭނާގެ ދައުރުގައި ތަންފީޒު ކުރާނެ ކަމަށެވެ.
އިދިކޮޅު ޕާޓީ އިން ބުނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ނަތީޖާ ގަޑުބަޑުކޮށްފައިވާ ކަމަށާއި ވައްކަންކޮށްފައިވާ ކަމަށެވެ.
ސަޓާ އަވަހާރަ ވުމަށް ފަހު އެ ގައުމު ހިންގީ ދޮން ނަސްލުގެ ސްކޮޓިޝް ދަރިކޮޅަށް ނިސްބަތްވާ ގުއޭ ސްކޮޓް އެވެ. ނަމަވެސް އޭނާގެ މައިންބަފައިންނަކީ ޒެމްބިއާ އަށް ނިސްބަތްވާ ބަޔަކަށް ނުވާތީ އޭނާ އަށް އިންތިހާބުގައި ވާދަކުރުމަކީ ހުއްދަކަމެެއް ނޫނެވެ.
ލުންގު ރައީސް ކަމުގައި ހުންނަވާނީ، ކުރީގެ ރައީސް މިސެއިލް ސަޓާގެ ރިޔާސީ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ 2016ގަ އެވެ.