Last Updated:
1 decade 10 month ago

ޕީޕަލްސް ކަޕް: ނިއު 1-3 ލަޔަންސް

    ބުލޮގު ޚުލާސާ
    ޕީޕަލްސް ކަޕްގެ ތިން ވަނަ މެޗުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ސިންގަޕޫރުގެ ލަޔަންސް ބައްދަލުކުރާ މެޗުގެ ލައިވް ވެބްކާާސްޓަށް މަރުހަބާ.
    17:55

    މެޗު ނިމިއްޖެ. ނިއު 1-3 ލަޔަންސް.

    މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ، މާޒިޔާއާއި ޕީޑީއާރުއެމް. މި ދެޓީމުވެސް ވަނީ ކުޅުނު ފުރަތަމަމެޗު ކާމިޔާބުކޮށްފައި.

    17:53

    ހަމްޒާ ލަޔަންސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިޔާއަށް ބޯޅަ ދިނުމުން ނިޔާ ފޮނުވާލި ބޯޅަ ގޯލް ދަނޑިމަތިން ބޭރު.
    17:52

    ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން ރިލޭ، ލަޔަންސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޝަފީ ބޮލުން ޖަހައި ފޮނުވާލީ ގޯލް ދަނޑިމަތިން ބޭރަށް.
    17:50

    އިތުރު ވަގުތުގެ ގޮތުގައި 4 މިނިޓް ދައްކައިފި.
    17:49

    އުމޭރު ފޮނުވާލި ހިލޭޖެހުން ލަޔަންސްގެ ކީޕަރު ދިފާއުކުރީ.
    17:48

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގުކައިރިން ނިއުއަށް ހިލޭ ޖެހުމެއް.
    17:48

    ލަޔަންްސްގެ ނަޒާރީގެ ބަދަލުގައި ފާރިޝް ކުޅެން އަރައިފި.
    17:45

    ނިއުއިން ލަނޑު ޖަހައިފި. ލަޔަންސްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ވަރަށް ބާރަށް ފޮނުވާލި ބޯޅަ ގޯލް ތެރެއަށް.
    17:44

    ލަޔަންސް ގެ ގޯޅަށް އަމާޒުކޮށް ހަމްޒާ ފޮނުވާލި ބޯޅަ އެޓީމުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.
    17:42

    ލަޔަންްސްގެ ޕެނަލްޓީ އޭރީޔާ ތެރޭން ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    17:40

    ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލަޔަންސްގެ އަމްރީ ބޮލުން ޖަހައި ފޮނުވާލި ބޯޅަ ގޯލް ދަނޑީގެ އިންޗިއެއްހާ ހިސާބުން އަރިމަތިން ބޭރަށް.
    17:39

    މިހާރު ކޮންމެ ޓީމަކުން ވެސް އެއް ކުޅުންތެރިއަކު މަދުން މިތިބީ ދަނޑުމަތީގައި.
    17:37

    ނިއުގެ ސަޕޯޓަރުން ނުރުހުން ފާޅުކުރަމުން އެބަ ގެންދޭ. ސަޕޯޓަރުން މައިތިރިކުރަން ފުލުހުން އެހިސާބުގައި ހަރަކާތްތެރިވަމުން ދަނީ.
    17:36

    ދަނޑުމަތީގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައި މިވަނީ. ނިއުގެ ހޮކޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް.
    17:34

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން އުމޭރު ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    17:32

    މެޗުގެ ބާކީ 17 މިނިޓް ލަޔަންސްއިން ކުޅެން ޖެހޭނީ އެއްކުޅުންތެރިއަކު މަދުން.
    17:31

    ލަޔަންސްގެ ގަބްރިއެލްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ރެފްރީ މިދެއްކީ.
    17:28

    މި މެޗުގައި މިހާތަނަށް ޖުމުލަ 10 ރީނދޫ ކާޑު ފެނިގެން ގޮސްފައިވާއިރު އޭގެ ތެރެއިން 7 ކާޑު ދައްކާފައި މިވަނީ ލަޔަންސްގެ ކުޅުންތެރީންނަށް.
    17:27

    ލަޔަންސްގެ ހަމަލާއެއް އަނެއްކާވެސް ނިއުގެ ގޯލަށް. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ގެބްރިއެލް ފޮނުވާލި ބޯޅަ ގޯލް ދަނޑި ކައިރިން ބޭރަށް.
    17:25

    ލަޔަންސްގެ ޒުލްފަހުމީއަށް ރީނދޫ ކާޑެއް.
    17:25

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން އުމޭރު ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށްފި.
    17:23

    ނިއުގެ ކުޅުންތެރިއަކަށް ފައުލުކުރުމާ ގުޅިގެން ލަޔަންސްގެ ވަހީޔުއްދީން އަބްދުލް ވާހިދަށް ރީނދޫ ކާޑެއް.
    17:23

    ލަޔަންސްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން އަކޫ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    17:20

    ނިއުގެ ސަންޓޯސްގެ ބަދަލުގައި ހަމްޒާ މުހައްމަދު ކުޅެން ނުކުމެއްޖެ.
    17:19

    ލަޔަންސްގެ ޚައިރުލް އަމްރު އެކަނި ނިއުގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ ނިއުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި، ގޯލް ތެރެއަށް.
    17:18

    ނިއުގެ ރަފޭލްގެ ބަދަލުގައި އަހްމަދު ސުހޭލް ކުޅެން އަރައިފި.
    17:13

    ލަޔަންސް އިން ބަދަލެއް. މުހައްމަދު ޒާކިރު ގެ ބަދަލުގައި ކުޅެން އަރަނީ، ހާފިޒު ބިން އަބޫ ސުޖާދު.
    17:11

    ނިއުގެ ހޮކޭއާ ލަޔަންސްގެ ނަޒްރުލް ނަޒަރީއާ ދެމެދު ހިނގި ހަމަ ނުޖެހުމަކާ ގުޅިގެން ނަޒްރުލްއަށް ރެފްރީ ރީނދޫ ކާާޑެއް ދައްކައިފި.
    17:08

    ލަޔަންސްގެ މަދޫ މޮހާނާ ނިއުގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރެ ބޮލުން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް. ލަޔަންސް 2-0 ނިއު.
    17:06

    ލަޔަންސްގެ ޒުލްފާމީ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު މަރެންކޯ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
    17:05

    ދެވަނަ ހާފްގެ ކުޅުން ފެށިއްޖެ.
    17:04

    ދެވަނަ ހާފްގެ ކުޅުން ފަށަނީ، ލަޔަންސް އިން.
    17:02

    ދެވަނަ ހާފުގެ ކުޅުން ފަށަން ދެ ޓީމުގެ ކުޅުންތެރިނަނާއި މެޗު އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.
    16:49

    ސަންޓޯސް، ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރެއަށް ފޮނުވާލި ބޯޅަ، އުމޭރުގެ ބޮލަށް އަރާވަރެއް ނުވި. ބޯޅަ ބޭރަށް ދިއުމާއެކު ފުރަތަމަ ހާފު ނިމުނީ.
    16:47

    ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް ކުޅުން ދައްކައިފި.
    16:46

    ލަޔަންސްގެ ފޯވާޑް ޚައިރުލް އަމްރީ މީގެ ކުޑައިރުކޮޅެއް ކުރީން ފަރުވާ ހޯދުމަށްފަހު ދަނޑަށް އެރިގޮތަށް އަނެއްކާވެސް މިވަނީ ނިއުގެ ޕެނަލްޓީ އޭރިޔާތެރެއަށް ވެއްޓުމުން ފަރުވާ ދިނުމަަށް ދަނޑުން ބޭރުކޮށްފައި.
    16:44

    ނިއުގެ ކަނާތް ފަރާތުން ވިންގަށް ކުޅެމުން އައި އެޓީމުގެ ބްރެޒިލް ކުޅުންތެރިއާ ސަންޓޯސް މިހާރު މިވަނީ، ވާތްފަރާތަށް ބަދަލުކޮށްފައި.
    16:43

    ނިއުގެ ޝާފިއުގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިގެން އޭނާއަށް ވެސް ފަރުވާ ދެނީ. ޝާފީއަށް ފައުލް ކުރީ، ފިރުދައުސް. އޭނާއަށް ވަނީ ކުރިން ރީނދޫ ކާޑެއްވެސް ދައްކާފައި.
    16:42

    ލަޔަންސްގެ ޚައިރުލް އަމްރީގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑު އަރިމަތީގައި އޭނާއަށް ފަރުވާ ދެނީ.
    16:41

    މުހައްމަދު ރަޝީދު (ހޮކޭ) ވަރަށް ރީތިކޮށް ލަޔަންސްގެ އޭރިޔާތެރޭގައި ހުރި އުމޭރަށް ބޯޅަ ފޮނުވާޅި ނަމަވެސް އުމޭރަށް އެ ބޯޅަ ލަޔަންސްގެ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި.
    16:39

    ނިއުވެސް އަދި ލަޔަންސް ވެސް މި މުބާރާތުގައި އެ ދެޓީމުގެ ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން މިއަދުގެ މެޗު ދެ ޓީމަށްވެސް މޮޅުވާން ވަރަށް މުހިއްމު.
    16:38

    އުމޭރު ވަރަށް ރީތިކޮށް ބޯޅަ ހިފައިގެން ލަޔަންސްގެ އޭރިޔާތެރެއަށް ވަދެ ރަފައެލްއަށް ބޯޅަ ހުރަސް ކޮށްލަދެވޭތޯ ބެލި. އެހެން ނަމަވެސް، ލަޔަންސްގެ ޑިފެންސް ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބޯޅަ އޭރިޔާތެރެއިން ބޭރަށް ދިޔައީ.
    16:37

    ލަޔަންސްގެ ކުޅުންތެރީން ދަނީ ވަރަށް ބޮޑަށް މެޗު ލަސްކުރެވޭތޯ މަސައްކަތް ކުރަމުން.
    16:35

    ލަޔަންސްގެ ޒުލްފާމީ ފޮނުވާލި ބޯޅަ ނިއުގެ ގޯލަށް އަމާޒުވާގޮތެއް ނުވި.
    16:35

    ނިއުގެ ހާފްގެ މެދެއްހާ ހިސާބުން ލަޔަންސަށް ޖެހުމެއް.
    16:33

    ޕީޑީއާރުއެމްއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި އުމޭރު މެދުތެރެއިން ފަހަތަށް ކުޅުނު ނަމަވެސް މިއަދުގެ މެޗުގައި ކޯޗު މިކާ މިވަނީ އުމޭރު ކުރިއަށް ލާފައި.
    16:29

    ކުޅުން ލަސްކުރާތީ ލަޔަންސްގެ ކީޕަރަށް ރީނދޫ ކާޑެއް ދައްކައިފި.
    16:27

    ނިއުއަށް ލަޔަންސްގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭޖެހުމެއް. ސަންޓޯސް ފޮނުވާލި ބޯޅަ ލަޔަންސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.
    16:25

    ލަޔަންސްގެ ގެބްރިއެލް ނިއުގެ ސަންޓޯސްގެ ފައިގަ ޖެހުމުން ގަބްރިއެލްއަށް ރެފްރީ ރީނދޫ ކާޑެއް ދައްކައިފި.
    16:24

    ނިއުގެ ރިލޭ ލަޔަންސްގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ރަފައެލް އަށް ދިން ބޯޅަ، ލަޔަންސް ގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނީ. އެހެން ނަމަވެސް ރެފްރީ ދެއްކީ ކުޅުން ކުރިއަށް ގެންދާން.
    16:21

    ނިއުގެ ފުރަތަމަ 11:

    - ޕެޑްރޯ އެންޓޯނިއޯ މަރެންކޯ (ގޯލްކީޕަރު)
    - މުހައްމަދު ޝިފާން
    - އަހުމަދު އަބްދުﷲ
    - ރިލްވާން ވަހީދު
    - ރަފައެލް ބެޓިމް މާޓް
    - އެވާޓަން ސޫޒާ ސަންތޯސް
    - އަކްރަމް އަބްދުލް ޣަނީ
    - މުހައްމަދު ރަޝީދު
    - އަހުމަދު ނިޔާޒު
    - ޝާފިއު އަހުމަދު
    - މުހައްމަދު އުމޭރު (ކެޕްޓަން)

    16:20

    ނިއުގެ ރަފީނިއާ، ލަޔަންސްގެ އޭރިޔާތެރެއަށް ފޮނުވާލިބޯޅައަށް އަރަން ހުރީ އުމޭރު. އުމޭރަށް ބޯޅަ ލިބުމުގެ ކުރީން ލަޔަންސްގެ ކީޕަރު ބޯޅަ ހިފީ.
    16:18

    ނިއުއަށް ލިބުނު ހިލޭ ޖެހުގެ ލަޔަންސްގެ ހާފުގެ މެދެއްހާ ހިސާބުން ދަނޑުގެ އަރިމަތިން. ރިލޭ ފޮނުވާލި ބޯޅަ ލަޔަންސް ކުޅުންތެރިން ދިފާއުކުރީ.
    16:17

    ލަޔަންސްގެ ފުރަތަމަ 11:

    - ޒާކިރު ބިން ސަމްސުއްދީން
    - އާފިގް ބިން ޔޫނުސް
    - އީސާ ބިން އަބްދުލް ހަލީމް (ކެޕްޓަން)
    - މަދޫ މޮހަނާ
    - ޖުން ޔީ ގެބްރިއެލް
    - ނަޒްރުލް ނަޒަރީ
    - ޚައިރުލިން ބިން މުހައްމަދު ޚާލިދު (ގޯލް ކީޕަރު)
    - ޚައިރުލް އަމްރީ
    - ޒުލްފާމީ ބިން މުހައްމަދު އަރިފިން
    - ފިރްދައުސް ބިން ކަސްމާން
    - ވަހިޔުއްދީން ބިން އަބްދުލް ވާހިދު

    16:10

    ނިއުގެ ޕެނަލްޓީ އޭރިޔާގެ 15 ވަރަަކަށް ފޫޓު ބޭރުން ލަޔަންސްއަށް ލިބުނު ހިލޭ ޖެހުމެއް. ލަޔަންސް އިން ފޮނުވާލި ބޯޅަ ނިއުގެ ކުޅުންތެރިން ދިފާއުކޮށް ފޮނުވާލައިފި.
    16:06

    ސިންގަޕޯރ ލަޔަންސް ގެ ފިރުދައުސް ނިއުގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލްތެރެއަށް.
    16:02

    މެޗު ފަށައިފި.