24 Jan 2015, 12:43
ހދ. ކުޅުދުއްފުށީ ފިހާރައެއްގެ ދޮރުމަތީ ބަހައްޓާފައި ހުރި ކާށި ގޯންޏެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފަތިހު 3:40 އެހާކަންހާއިރު އަލިފާން ރޯކޮށްލާފައި ވަނީ އެ ރަށު އައިލެންޑް ފްރީޒް ފިހާރަ ކުރިމަތީ ބަހައްޓާފައި ހުރި ކާށި ގޯންޏެއްގަޔާއި ފުޅިމަދު ފޮށިގަނޑެއްގައި ކަމަށެވެ. އަދި އެކަން ހިނގިތާ މާގިނައިރެއްނުވެ ފުލުހުންނާއި އާންމުންގެ ބަޔަކާ ވެގެން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެހާދިސާގައި ފިހާރަތެރޭ ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.