10:00


ވަގަށްނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ އިލެކްޓޯނިކްސް ސާމާނުތަކާ އެކު ދެ ބަފައިން ކުޅުދުއްފުށިން ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ އިލެކްޓޯނިކްސް ސާމާނުތަކެއް ފެނިފައިވަނީ ކުޅުދުއްފުށީ ޖަވާހިރުމާގޭގެ ތެރެއިން ކަމަށާއި އެމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެގޭ އުމުރުން 18 އަހަރުގެ އާދަމް މުޙައްމަދާއި އުމުރުން 54 އަހަރުގެ އޭނާގެ ބައްޕަ މުހައްމަދު ހުސެއިން  ކަމަށެވެ.


ފުލުހުން ބުނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެގޭތެރެއިން ފެނުނު ތަކެތީގެ ތެރޭގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ މޮބައިލްފޯނުތަކާއި، ފޯނު ޗާރޖަރު ތަކާއި ހެޑުސެޓް ތަކަކާއި ސީޑީ ޕްލޭއަރާއި ބައެއް ގަހަނާ ތަކާއި ރޭޑިއޯ ސެޓާއި ސްޕީކަރުތަކާއި އަދިވެސް އެހެނިހެން ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނުތައް އެގެއިން ފެނިފައިވާ ކަމަށެވެ.