ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރު ވެއްޓުނު އިރު، އާ ސަރުކާ ހަވާލުނުކޮށް ހުރި 50 އަށް ވުރެ ގިނަ ވެހިކަލް ފުލުހުން މިއަދު ހޯދައިފި އެވެ.

"ދަ ގަލްފް ޓްޑޭ" އިން މިއަދު ބުނީ އޭގެ ތެރޭގައި ބްލެޓް ފްރީ ވެހިކަލްތައް ވެސް ހިމެނޭ ކަމަށެވެ.


ފުލުހުންގެ ތަރުޖަމާނު މިއަދު ބުނީ ކުރީގެ ރައީސްގެ ސެކްރެޓޭރިއަޓަށް ނިސްބަތްވާ 53 ވެހިކަލް ފެނުނީ ކަަލަމްބޯގެ ހުސް ގޯއްޗެއްގެ ތެރެއިން ކަމަށާއި އެއީ ކުރީގެ ރައީސްގެ ފްލީޓުން ގެއްލިގެން ހޯދާ 128 ވެހުކަލްގެ ތެރޭގައި ހިމެނޭ ތަކެތި ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ 53 ވެހިކަލް އެތާ ހުންނަން ޖެހުނީ ކީއްވެގެންތޯ ބަލަމުން އަންނަ ކަމަށެވެ. ބައެއް ކާރުތަކަކީ ވަރަށް ބާ ކާރުތަކެކެވެ. އަދި އަނެއް ބައި ކާރުތަކުގެ ތެރޭގައި ފެންފުޅި އާއި ކާނާ ވެސް ހުރި ކަމަށެވެ.

އެ ތަނުގައި ހުރި ކާރުތަކުގެ ދެބައިކުޅަ އެއްބަޔަކީ ވަޒަން ނާރާ ކާރުތައް ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުގައި ހުރި ކާރުތަކުގެ ތެރޭގައި ބީއެމްޑަބްލިޔު ކާރުތައް ވެސް ހިމެނެ އެވެ.

އެ ކާރުތައް ފެނުނީ ކުރީގެ ރައީސް އާއި އޭނާގެ އާއިލާ އިން ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ތުހުމަތު ކުރާ މިލިކިއްޔާތު ހޯދާނެ ކަމަށް އާ ސަރުކާރުން ބުނިތާ އެއް ދުވަސް ވެެސް ނުވަނީހެވެ.