23 Jan 2015, 18:43
ވައްކަން ކުރި ކަމުގެ ތުހުމަތުގައި ގއ. މާމެންދޫއިން ފުލުހަކު ހައްޔަރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ފުލުސް މީހާ ހައްޔަރު ކުރީ މާމެންދޫ "ސުނާމީ ސައިޓުން" ވައްކަން ކުރި ކަމުގެ ތުހުމަތުގަ އެވެ. ވައްކަމުގެ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ އަތޮޅު ވިލިނގިއްޔަށް ނިސްބަތްވާ ފުލުހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާމެންދޫ ސުނާމީގެތަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުސް މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު "ސުނާމީ ސައިޓުން" ވަގަށް ނަގާފައިވާ އިލެކްޓޯނިކް ސާމާނުތަކާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާމެންދޫ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް ޖަހައިދީފަ އެވެ. މާމެންދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.