23 Jan 2015, 14:43
ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ އިސްތިއުފާ ޕާލަމެންޓުން ބަލައި ނުގަތުމަށް ޕާލަމެންޓުން ނިންމައިފި އެވެ.
ވޮއިސް އެމެރިކާ އިން މިއަދު ބުނީ އެ ގައުމުގެ ޕާލަމެންޓް ކުއްލި އަދި އިމަޖެންސީ ޖަލްސާއެއްް މިއަދު ބާއްވާފައި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފައްޓާފައިވާ ކަމަށެވެ.
ހާދީ އާއި އޭނާގެ ކެބިނެޓް އިސްތިއުފާ ދެއްވާނެ ކަމަށް އިއްޔެ ވަނީ ބުނެފަ އެވެ. ހާދީ އެގޮތަށް ނިންމެވީ ހަނގުރާމަވެރިންނާއި ހާދީއާ ދެމެދު ހޯމަ ދުވަހުން ފެށިގެން އުފުދުނު ހަމަނުޖެހި ދިގުލާން ފެށުމުންނެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާން ކުރައްވައި ރައީސް ހާދީ ޔަމަންގެ ޕާލަމެންޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޔަމަންގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ކަންތައްތަކުގައި ބައިވެރި ނުވުމުގެ ބޭނުމުގައި ކަމުގަ އެވެ. ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ މަގާމުން އިސްތިއުފާ ދެއްވީ އެގައުމުގެ ޙޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން ރިޔާސީ ގަނޑުވަރު ހިފައި ރައީސް ހާދީ ޙިސާރުކުރިތާ ދެ ދުވަސް ފަހު ންނެވެ.