ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު ވެސް މިއަދު މަރުވެއްޖެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި "މޫދަށް އެރިއުޅެނިކޮށް" މަރުވެފައިވަނީ ހދ. ނޮޅިވަރަމްފަރު، ހުސްނުހީނާގެ، ޝާފީ އިސްމާއިލް، 26، އެވެ. އެނާ އަކީ ހަބޭސް ބޮޑު ބެރު ގްރޫޕަށް ނިސްބަތްވާ މެމްބަރެކެވެ.

ޝާފީ އިސްމާއިލް -- އެފްބީ ފޮޓޯ ހަބޭސް ބޮޑުބެރު ގްރޫޕް

ފުލުުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12 ޖަހާއެހާކަންހާ އިރު ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމީހާގެ ހަށިގަނޑު މިހާރު އޮތީ ވިލިމާލޭގެ ސިއްހީ މަރުކަޒުގަ އެވެ.

ވިލިމާލޭގައި މޫދަަށް އެރި އުޅުނު މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާއިރު މިއަދު ހެނދުނު ވ. ފޮއްތެޔޮ އަށް ދަތުރު ގޮސް އުޅުނު އެމްޓީސީސީގެ މުވައްޒަފުންތަކެއްގެ ތެރެއިން މީހަކު މޫދަށް ގެނބިގެން ވަނީ މަރުވެފަ އެވެ.