Last Updated:
1 decade 10 month ago

ޕީޕަލްސް ކަޕް: ނިއު 0-1 ޕީޑީއާރުއެމް

    ބުލޮގު ޚުލާސާ
    ޕީޕަލްސް ކަޕްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޕީޑީއާރުއެމް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
    23:56

    ޕީޕަލްސް ކަޕްގައި މިރޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރުއެމްއާ ދެކޮޅަށް ދަގަނޑޭގެ ކުރީގެ ކްލަބް އަދި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ކުޅުނު މެޗު، 1-0 ލަނޑުން ޕީޑީއާރުއެމް ކާމިޔާބުކޮށްފި އެވެ.

    މި މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓްގެ ތެރޭގައި ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް އެޓީމުގެ އެޓޭކިންއަށް ޕީޑީއާރުއެމްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

    މެޗުގައި ޕީޑީއާރުއެމްގެ ފުރަތަމަ ހަމަލާވެސް އުފެއްދީ ދަގަނޑޭއެވެ. އެހެން ނަމަވެސް ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުނުވެ ދިޔައީ ގޯލް ދަނޑީގެ އަރިމަތިން ބޭރަށެވެ.

    މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މެޗުގެ ނަތީޖާ ބަދަލުކޮށް ނުލެވި އެވެ.

    ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ 15 މިނިޓްގެ ތެރޭގައި ޕީޑީއާރުއެމުން ވަނީ، ނިއުގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 64 ވަނަ މިނިޓްގައެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕީޑީއާރުއެމްގެ މުހައްމަދޫ ސުމަރޭ ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަނީ، ގޯލް ދަނޑީގައި ޖެހިފައެވެ.

    ޕީޕަލްސް ކަޕްގައި މިރޭ ކުޅުނު މެޗާއެކު ކޮންމެ ޓީމެއް ވެސް އެއް މެޗު ކުޅެފައިވާއިރު، މިއަދު ހަވީކު ކުޅުނު މެޗުން ސިންގަޕޯ ލަޔަންސް އަތުން 2-1 އިން މޮޅުވެ ފައިދާ އެއް ގޯލާއެކު މާޒިޔާއަށް 3 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން މޮޅުވެ ފައިދާ އެއް ގޯލާއެކު ޕީޑީއާރުއެމްއަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ.

    މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ، ނިއު އާއި ސިންގަޕޯ ލަޔަންސް އެވެ. ހަމަ އެރޭ 9:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ، ލަޔަންސާއި މާޒިޔާއެވެ.

    23:13

    މެޗު ނިމިއްޖެ.
    23:08

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް ދައްކައިފި.
    23:07

    ޕީޑީއާރުއެމްގެ މުހައްމަދު ލޫތު ބިން އަބޫ ހަސަނަށް ރީނދޫ ކާޑެއް.
    23:05

    ރިލޭ ވަރަށް ރީތިކޮށް ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ އުމޭރަށް ލިބޭގޮތެއް ނުވި. ޕީޑީއާރުއެމްގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ކޯނަރަކަށް ބޭރު.
    23:04

    ނިއުގެ ސަންތޯސްގެ ބަދަލުގައި އެ ޓީމުން ކުޅެން އަރުވާފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާން ފޯވާޑެއް. އޭނާ ނިއުއާ ގުޅިފައި ވަނީ މިދިޔަ ސީޒަންގައި.
    23:02

    މިރޭ ޕީޑީއާރުއެމަށް ލަނޑުޖަހައިދިން ގެންބިއާއަށް ނިސްބަތްވާ ސުމަރޭ އެޓީމާ ގުޅިފައި ވަނީ 2012 ވަނަ އަހަރު. އުމުރުން 23 އަހަރުގެ ސުމަރޭ އެ ޓީމްގައި ހޭދަކުރި ދެ ސީޒަނގައިވެސް އޭނާ ވަނީ އެ ޓީމުގެ ފޯވާޑް ލައިންގައި މުހިއްމު ރޯލެއް އަދާކޮށްފައި.
    23:01

    ޕީޑީއާރުއެމްގެ ކުގެބޭގެއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި މުހައްމަދު ފިކްރީ ކުޅެން އަރައިފި.
    22:59

    ނިއުގެ ބަދަލެއް. ސަންޓޯސްގެ ބަދަލުގައި ސުހެއިލް ކުޅެން އަރައިފި.
    22:59

    އަޑޭ ޕީޑީއާރުއެމްގެ ޕެނަލްޓީއޭރިޔާ ތެރެއިން ބޯޅަ ގޯލަށް ފޮނުވާލެވޭތޯ މަސައްކަތްކުރި. ބޯޅަ ރަނގަޅަށް ފަޔަކަށް ނޭރި.
    22:58

    ޕީޑީއާރްއެމްގެ ކާމިޔާބީތަކަށް ބަލާލާއިރު، އެ ޓީމް ވަނީ 2007 ވަނަ އަހަރާއި މިދިޔަ އަހަރުގެ މެލޭޝިއަން ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. އަދި އޭގެ އިތުރުން 2000 ވަަ އަހަރު އެ ޓީމް ވަނީ މެލޭޝިއާގެ އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައި.
    22:55

    ޕީޑީއާރުއެމްގެ ފާދިލްގެ ބަދަލުގައި މުހައްމަދު ނޫރު އަޒްވާން ކުޅެން އަރައިފި.
    22:54

    ނިއުގެ ހާފްގެ މެދެއްހާ ހިސާބުން، ޕީޑީއާރުއެމްގެ ސުމަރޭއަށް ނިއުގެ ކުޑައްޓޭ ފައުލުކުރުމާ ގުޅިގެން ކުޑައްޓޭއަށް ރީނދޫ ކާޑެއް.
    22:50

    ޕީޑީއާރުއެމަށް ކޯނަރެއް.
    22:50

    މި ސީޒަނަށް ނިއުއަށް ބްރެޒިލްގެ ދެ ފޯވާޑުން ގެނެސްފައި ވާއިރު، އެ ދެ ކުޅުންތެރިންނާއި ކީޕަރު މަރެންކޯ އަދި ޓީމްގެ ކޯޗުވެސް ޓީމާ ގުޅިފައި ވަނީ މި މުބާރާތައް ނިއުގެ ތަމްރީނުތައް ފެށި ފަހުންކަން ފާހަގަ ކޮށްލަން ޖެހޭ.
    22:49

    އަނެއްކާވެސް ޕީޑީއާރުއެމްގެ ހަމަލާއެއް. ދަގަނޑޭ ނިއުގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަންޑިމަތިން ބޭރަށް.
    22:47

    ދަގަނޑޭ ނިއުގެ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    22:46

    ޕީޑީއާރުއެމް ބަދަލެއް.
    22:45

    ދަގަނޑޭ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ ސުމަރޭ ފޮނުވާލި ބޯޅަ ކީޕަރުއަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.
    22:43

    މި ސީޒަންގައި ޕީޑީއާރްއެމް އާއެކު އަޝްފާގް އޭނާގެ ފުރަތަމަ މެޗު ކުޅެމުން ދާއިރު، މިދިޔަ ސީޒަންގައި އެ ޓީމްގައި އެނާ 24 މެޗު ކުޅެ، އެ ޓީމަށް 22 ލަނޑު ކާމިޔާބު ކޮށްދީފައި ކަން ފާހަގަ ކޮށްލަން ޖެހޭ.
    22:41

    ޕީޑީއާރުއެމް ލަނޑު ޖަހައިފި. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދޫ ސުމަރޭ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ގޯލް ތެރެއަށް.
    22:38

    ދަގަނޑޭއަަށް ނިއުގެ ހާފްތެރެއިން އަޑުބަރޭ ފައުލުކުރުމާ ގުޅިގެން އަޑޭއަށް ރީނދޫ ކާޑެއް.
    22:37

    ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބަދަލުގައި ރިލްވާން ވަހީދު (ރިލޭ) ކުޅެން ނުކުމެއްޖެ.
    22:36

    ނިއުއިން ބަދަލެއް ގެންނަން ތައްޔާރުވަނީ.
    22:35

    ޕީޑީއާރުއެމްގެ ފައުޒީ ނިއުގެ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ.
    22:30

    މިރޭގެ މެޗު ބައްލަވައިލެއްވުމަށް ރައީސް ޔާމީނާއި، ޓޫރިޒަމް މިނިސްޓަރު އަދީބުގެ އިތުރުން ސަރުކާރުގެ އިސްވެރިން ދަނޑަށް ވަޑައިގެން އެބަ ތިއްބެވި.
    22:28

    ނިިއުގައި މިރޭ ހިމެނޭ ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ދެ ފޯވާޑުން ކަމަށްވާ އެވަޓަން ސޫޒާ އާއި ރަފައެލް މާޓީވެސް ހިމެނޭ. އޭގެ އިތުރުން މިރޭގެ މެޗުގައި ނިއުގެ ގޯލް ބަލަހައްޓަމުން ދަނީ މިދިޔަ ބުރާސްފަތި ދުވަހު ޓީމާ ގުޅުނު އެ ޓީމްގެ ސްޕެނިޝް ގޯލްކީޕަރު ޕެޑްރޯ މަރެންކޯ.
    22:27

    އުމޭރު ޕީޑީއާރުއެމް ހާފުތެރެއިން ރަފޭލްއަށް ބޯޅަ ދިން އިރު އޭނާ ހުރީ އޮފްސައިޑުގައި.
    22:26

    ނިއުއަށް ކޯނަރެއް.
    22:25

    ދެވަނަ ހާފުގެ ކުޅުން ފެށިއްޖެ.
    22:18

    މިރޭގެ މެޗު ޓިކެޓްގެ ނަސީބުވެރިޔާގެ ޓިކެޓް ނަންބަރު 010116. ނަސީބުވެރިޔާގެ ގުރު ނަގައި ދިނީ، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ސައީދު އަލީ.
    22:07

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.
    22:06

    ނުރައްކާތެެރި ހަމަލާއެއް. ޕީޑީއާރުއެމްގެ ފައުޒީ ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ހުރަސް ދަނޑީ ކައިރިން ބޭރަށް.
    22:05

    ޕީޑީއާރުއެމްގައި އަޝްފާގުގެ އިތުރުން މިރޭގެ މެޗަށް އެ ޓީމްގެ ނައިޖީރިއާގެ ޑިފެންޑަރު އޮނޮރިއޮންޑޭ ކުގެބޭ އާއި މާލީގެ ފޯވާޑް ޑްރަމަނޭ ޓްރައޮރޭ ވެސް ނެރިފައި ވޭ.
    22:02

    ކައުންޓަރ އެޓޭކްގައި ނިއުގެ ރަފޭލް ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ އެޓީމުގެ ކީޕަރުގެ އަތަށް.
    22:02

    ދަގޭ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ނިއުގެ ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތީ.
    22:00

    ޕީޑީއާރުއެމްގެ ޑްރަމާނޭ ޓްރައޯރޭ ނިއުގެ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ ބޮލުން ޖަހައި ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު މަތަކޮށްފި.
    21:58

    ނިއުގެ ސަންޓޯސް ޕީޑީއާރުއެމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތަށް.
    21:54

    ނިއުގެ ކުޅުންތެރީން އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން އެޓީމް ހާފުތެރެއިން ޕީޑީއާރުއެމަށް ޖެހުމެއް.
    21:52

    ނިއުގެ ހާފްތެރެއިން ދަގޭ އެކަނި ބޯޅަ ހިފައިގެން ޕެނަލްޓީއޭރިޔާ ތެރެއަށް ވަންނަން މަސައްކަތް ކުރީ. ނިއުގެ ކުޅުންތެރީން ދިފާއުކޮށްފި.
    21:51

    ނަތީޖާ ބަދަލުކޮށްލަން ދަގަނޑޭއަށް ރަނގަޅު ފުރުސަތެއް. ނިއުގެ ޕެނަލްޓީއޭރިޔާގެ ބޭރު ރޮނގުކައިރިން ދަގޭ ފޮނުވާލި ބޯޅަ ރަނގަޅަށް ފަޔަށް އަރާގޮތެއްނުވި.
    21:49

    ނިއުއިން ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފި. ޕީޑީއާރުއެމްގެ ޕެނަލްޓީ އޭރިޔާތެރެއަށް އަކޫ ނަގައިދިން ހުރަސް، އޭރިޔާތެރޭގައި ހުރި އުމޭރަށް ލިބޭވަރެއް ނުވި.
    21:46

    ޕީޑީއާރުއެމްއަށް ލިބުނު ހިލޭ ޖެހުމެއް، ނިއުގެ ހާފުގެ މެދެއްހާ ހިސާބުން. ދަގޭ ފޮނުވާލި ބޯޅަ ނިއުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކޯނަރަކަށް ބޭރު.
    21:44

    ޕީޑީއާރުއެމްގެ ކުޅުންތެރިއަކު ނިއުގެ އޭރިޔާތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ފައިގައި ޖެހިފައި ގޯލް ދަނޑީގެ އަރިމަތިން ބޭރަށް.
    21:42

    ޕީޑީއާރުއެމްއަށް ކޯނަރެއް.
    21:41

    ޕީޑީއާރުއެމްގެ ފުރަތަމަ ހަމަލާ. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    21:39

    ނިއުގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ޕީޑީއާރުއެމަށް ލިބުނު ޖެހުމެއް. އޭރިޔާތެރެއަށް ފޮނުވާލި ބޯޅަ އެޓީމުގެ ކުޅުންތެރިއެއްގެ ބޮލުންޖެހިފައި، ގޯލް ދަނޑިމަތިން ބޭރަށް.
    21:38

    މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ޕީޑީއާރުއެމްގެ އެސިސްޓެންޓް ކޯޗު ބުނެފައިވަނީ، އެޓީމުގެ ހުރިހާ ވެސް އުންމީދަކީ އަޝްފާގު ކަމަށް.
    21:36

    ޕީޑީއާރުއެމްގެ މުޙައްމަދު ފަދީލްއަށް ރީނދޫ ކާޑެއް.
    21:35

    ޕީޑީއާރުއެމްގެ ފުރަތަމަ 11:
    - މުހައްމަދު ހާޝިމް
    - އަލީ އަޝްފާގް (ދަގަނޑޭ)
    - ޝާފިޒީ ބިން ސަޒާލީ
    - ޑްރަމަނޭ ޓްރޯރޭ
    - މުހައްމަދު ފައުޒީ ބިން އަބްދުލް މަޖީދު
    - ތިރުމުރުގަން ވީރަން
    - މުހައްމަދު އަފީފު ބިން އަމީރުއްދީން
    - ކުގެބޭ އޮނޮރިއޮޑޭ
    - މުހައްމަދު މުސްލިމް ބިން އަހުމަދު (ކެޕްޓަން)
    - ސައިފުލް އަމަރު ބިން ސުދާރު (ގޯލް ކީޕަރު)
    - މަހަމޫދު ސުމާރޭ
    21:34

    ނިއުގެ ފުރަތަމަ 11:
    - ޕެޑްރޯ މަރެންކޯ (ގޯލް ކީޕަރު)
    - މުހަމަދު ޝިފާން
    - އަހުމަދު އަބްދުﷲ
    - އައްސަދު އަލީ
    - ރަފައެލް ބެޓިމް (ރަފީނިއާ)
    - އެވަޓަން ސޫޒާ ސަންތޯސް
    - އަކަރަމް އަބްދުލް ގަނީ
    - ހަމްޒާ މުހައްމަދު
    - މުހައްމަދު ރަޝީދު
    - ޝާފިއު އަހުމަދު
    - މުހައްމަދު އުމެއިރު (ކެޕްޓަން)
    21:33

    ކުގޭބެ އޮނޮރިއޮޑޭއަށް ރީނދޫ ކާޑެއް.
    21:32

    އުމޭރު ބޯޅަ ހިފައިގެން ދާން އުޅެނިކޮށް ޕީޑީއާރުއެމްގެ ހާފުތެރެއިން އެޓީމު ކުޅުންތެރިން އުމޭރަށް ފައުލު ކޮށްފި.
    21:31

    ނިއުއަށް ލިބުނު ހިލޭ ޖެހުމެއް. އުމޭރު ޖައްސާލީ ސަންޓޯސްއަށް.
    21:24

    ނިއުއަށް ކޯނަރެއް.
    21:22

    މެޗު ފަށައިފި.
    21:19

    މެޗު ފެށުމަށް ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.
    21:19

    ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލު ޕީޕަލްސް ކަޕް ރަސްމީކޮށް ހުޅުވައިދެއްވައިފި.
    21:18

    ނިއުގެ ފަރާތުން އެޓީމުގެ ކުރީގެ ފޯވާޑް އަދި ގައުމީ ޓީމުގެ ކެޕްޓަންގެ އިތުރުން ޕީޑީއާރުއެމްގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ)އަށް ހާއްސަ ގާޑް އޮފް އޮނާއެއް އަރުވައިފި.