Last Updated: 1 decade 10 month ago
މެޗުގެ ފުރަތަމަ ހާފް ވަރުގަދަކޮށް ފަށާފައި ވަނީ މާޒިޔާއިންނެވެ. ފުރަތަމަ ވަގުތުކޮޅު އެ ޓީމު ކުރިއަށް ޖެހިލައި ވަރުގަދަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، މާޒިޔާގެ ފޯވާޑް ލައިނުން ފެނިގެން ދިޔައީ ގިނަ ބޯޅަތަކެއް ގެއްލިގެން ދިޔަ ތަނެވެ. ރަނގަޅު ފޯމެއްގައި މެޗް ފެށި މާޒިޔާއަށް އިތުރަށް އުނދަގޫ ވެގެން ދިޔައީ ލަޔަންސް ކުޅުން ރަނގަޅު ކުރި ހިސާބުންނެވެ.
ލަޔަންސްގެ ކުޅުން ރަނގަޅު ކުރުމަށްފަހު، އެ ޓީމް ވަނީ ކުރިއަށް ޖެހިލައި، މާޒިޔާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފަ އެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ލަޔަންސްގެ މިޑްފީލްޑަރު ޒުލްފާމީ ނެގި ޝޮޓު އެ ޓީމްގެ ފޯވާޑް ޚައިރުލް ނިޒާމަށް ލިބުމުން، އެނާ ކުރިއަށް ފޮނުލާވި ބޯޅަ މާޒިޔާގެ ގޯލްގެ ތެރެއަށް ވަދެފައި ވާއިރު، އޮފިޝަލުން ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
އެ ވަގުތުކޮޅު ލަޔަންސް އުފައްދަމުން ދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެފައި ވަނީ މާޒިޔާގެ ޑިފެންސާއި އެ ޓީމްގެ ގޯލްކީޕަރު އިމްރާނެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ދެ ޓީމްގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެވެ. ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
މެޗުގެ ދެވަނަ ހާފު މާޒަޔާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެ ހާފްގެ ފުރަތަމަ ވަގުތުކޮޅު ގޭމް ކޮންޓްރޯލް ކުރަމުން ދިޔަ މާޒިޔާ ލަޔަންސްގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައި ވާއިރު، ލަޔަންސް އަށް ގިނަ ވަގުތު ޖެހުނީ ޑިފެންސް ކުރާށެވެ. އެ ހާފްގައި މާޒިޔާގެ އަސަދުﷲ އާއި ހުސެއިން ނިޔާޒް (ބޮކުރީ)ގެ ފަރާތުން މާޒިޔާގެ ކަނާތް ފަރާތުން ވަނީ ފާހަގަ ކޮށްލެވޭ ކުޅުމެއް ފެނިގެން ގޮސްފަ އެވެ.
މާޒިޔާގެ މަސައްކަތުގެ ނަތީޖާއަކަށްވީ އެ ޓީމުން ފަރަތަމަ ލީޑު ނެގުމެވެ. ބޮކުރީ ނަގައިދިން ބާރު ހުރަހަކުން 72 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ހޯދަ ދިނީ އެ ޓީމްގެ ސްޕެނިޝް ފޯވާޑް ޕްބްލޯ ރޮޑްރިގޭޒް އެވެ.
މާޒިޔާގެ ލަނޑާއެކު ކުރިއަށް ގިނަ ބޯޅަތަކެއް ފޮނުވައި، ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ލަޔަންސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މާޒިޔާއިން ލަނޑެއް ކާމިޔާބު ކުރިތާ ނުވަ މިނެޓު ފަހުންނެވެ. އެ ޓީމްގެ އެންމެ ތަޖުރިބާކާރު ފޯވާޑް ޚައިރުލް އަމްރީ ނަގައިދިން ބޯޅައަކުން ލަޔަންސަށް އެ ޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ 23 އަހަރުގެ ޑިފެންޑަރު މަދޫ މޯހަނާ އެވެ.
މެޗުގެ ނަތީޖާ އެއްވަރު ވުމުން ވެސް ހިތްވަރު އެލުވާ ނުލައި މަސައްކަތް ކުރަމުން ދިޔަ މާޒިޔާއަށް އަނެއްކާވެސް މެޗުގެ ލީޑު ލިބުނީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގަ އެވެ. މާޒިޔާގެ ފަރޭ ނަގައިދިން ކޯނަރަކުން ޕަބްލޯ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހުރަސް ކޮށްލުމުން، ލަޔަންސްގެ ގޯލްގެ ތެރެއަށް ބޮލުން ޖަހައި ބޯޅަ ފޮނުވާލީ މާޒިޔާގެ ހަމްދާން އެވެ.
އެ ލަނޑާއެކު މެޗު ނިމިގެން ގޮސްފައި ވަނީ، ޕީޕަލްސް ކަޕްގެ ފުރަތަމަ ތިން ޕޮއިންޓު މާޒިޔާ ކާމިޔާބު ކޮށްގެނެވެ.
މި މެޗުން ލިބުނު ކާމިޔާބަކީ، މުބާރާތުގައި ކުރިއަށް ދިއުމަށް ޓީމަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް. ކުޅުންތެރީންނަށް ލިބުނު އިތުބާރެއް-