ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމް، ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުއާ ހަވާލުކުރައްވައިފި އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، ހޯމް މިނިސްޓްރީ ހިންގެވުން ޓޫރިޒަމް މިނިސްޓަރު އަދީބުއާ ހަވާލުކުރެއްވީ ރަސްމީ ދަތުރުފުޅެއްގެ އިތުރުން އަމިއްލަފުޅު ކަމަކާއި ވެސް އެކު ހޯމް މިނިސްޓަރު އުމަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން ކަމަށެވެ.

މީގެ ކުރިން ރައީސް ޔާމީން ވަނީ، ޑިފެންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ވެސް މިނިސްޓަރު އަދީބުއާ ހަވާލުކުރައްވާފަ އެވެ.