21 Jan 2015, 22:06
ނޮވެލްޓީ ބުކްޝޮޕުން އާ އަހަރާ ދިމާކޮށް "ނިއު އިޔާ ލަކީޑްރޯ ޕްރޮމޯޝަން"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވައިފި އެވެ.
އާ އަހަރާ ދިމާކޮށް ނޮވެލްޓީ ބުކްޝޮޕުން އެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިއަ އަހަރު ނޮވެމްބަރު މަހުންފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮމޯޝަނުގައި ދޫކުރި ކޫޕަންތަކުގެ މެދުގައި ނެގި ގުރުއަތުން އެއްވަނައަށް ހޮވުނު ޖުމާނާ މޫސާއަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ދެވަނައަށް ހޮވުނު މުހައްމަދު އަހުމަދަށް 30،000 ރުފިޔާ ދީފައިވާއިރު، ތިންވަނައަށް ހޮވުނު އަބްދުﷲ ސާދިގުއަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.
ނިއު އިޔާ ލަކީޑްރޯ ޕްރޮމޯޝަނަކީ ނޮވެލްޓީން ކޮންމެ އަހަރަކު ވެސް އަހަރު ފެށުމާ ދިމާކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.