21 Jan 2015, 16:07
ތާޖު އެގްޒޯޓިކާ ރިސޯޓުގައި ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މާލެ އަތޮޅުގައި އޮންނަ ތާޖު ރިސޯޓުގައި މީހަކު ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާއަކީ އެ ރިސޯޓުގެ މުވައްޒަފެކެވެ.