21 Jan 2015, 15:32
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އިންތިޚާބު ކޮށްފި އެވެ.
ޖޭއެސްސީގެ އިސް އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށް ދެއްވާފައެވެ. ޢަލީ ޙަމީދު އެމަގާމަށް އިންތިޚާބުވީ އެކަމަށްޓަކައި ނެގުނު ވޯޓުގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ޖަލްސާގައި ބައިވެރިވީ ކިތައް މެމްބަރުން ކަމެއް ވިދާޅެއްނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖޭއެސްސީ ގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އައްޔަން ކުރައްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް އަލީ ހަމީދު އައްޔަން ކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ އާދަމް މުހައްމަދު އަބްދުﷲ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރު އާދަމް މުހައްމަދު އެހާތަނަށް ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.