ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ޕީޖީ މުހުތާޒު މިއަދު 'ސަން' އަށް ވިދާޅުވީ، ކަމާބެހޭ އިދާރާތައް އެފަދަ އެންގުމެއް އެންގުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ހަދަމުން އަންނަ ކަމަށެވެ.

ޕީޖީ ވިދާޅުވީ، އެފަދަ ސައިޓުތައް ރާއްޖޭގައި ބޭނުންކުރާތީ އެކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށާއި އެފަދަ ސައިޓުތަކަށް ނުވަދެވޭގޮތަށް އެންގުމާ މެދު ގޮތެއް ނިންމާނީ ދިރާސާއަށްފަހު ކަމަށެވެ.

ކަމާބެހޭ އިދާރާތައް އެންގުމެއް އެންގުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ހަދަމުން މިދަނީ. ދިރާސާކޮށްފަ ގޮތެއް ނިންމާނަން،" މުހުތާޒު ވިދާޅުވި އެވެ.