ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ، ރައީސް ޔާމިން މިއަދު ހަވާލުކުރައްވައިފި އެވެ.

ފިޝަރީޒް މިނިސްޓަރު ޝައިނީ 'ސަން' އަށް ވިދާޅުވީ "ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމަށް ސަރުކާރުން މިއަދު ވަނީ ހާވާލުކުރައްވާފައި" ކަމަށެވެ.

ރައީސް ޔާމީން ވަނީ ހެލްތު މިނިސްޓްރީ ހިންގުމުގެ މަސައްކަތާއި ކުރިން ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިނިސްޓަރު ކަމުގެ މަގާމުން އިއްޔެ ވަކި ކުރައްވާފަ އެވެ.

ނާޒިމްގެ ކުރިން ހެލްތު މިނިސްޓްރީ ހިންގެވި ޑރ. މަރިޔަމް ޝަކީލާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ފަހުން މިނިސްޓަރު ކަމަށް އެއްވެސް ބޭފުޅަކު އަދި އައްޔަން ކުރައްވާފައެއް ނުވެ އެވެ.