21 Jan 2015, 11:59
ފުލުހުންގެ އެދުމަކަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ފުލުސް އޮފީހަށް ވަޑައިގެންފި އެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގް ބޭރުގައި ހުންނަވައި މިއަދު 11:45 އެހާކަންހާ އިރު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތީ ފުލުހުންގެ އެދިލެއްވުމަކަށް ކަމަށެވެ.
އިމްރާން ވިދާޅުވީ ފުލުސް އޮފީހަށް އޭނާ ހާޒިރުވާން ފުލުހުން އެންގީ ކުށްވެރިވެގެން ނޫން ކަމަށާއި އެކަމާ ގުޅޭ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވެސް މައްސަލައަކާ ގުޅިގެން އިމްރާނު ފުލުސް އޮފީހަށް ހާޒިރު ނުކުރާ ކަމަށެވެ.