ގަތަރު އެއާވޭސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު އަލޫކް ކަންޑެލްވާލް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ދަންވަރު ވަދެ، ބަލައި ފާސްކުރުމާ ގުޅިގެން އޭނާ ދިވެހި ސަރުކާރަށް ޝަކުވާ ހުށަހަޅުއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކަންޑެލްވާލް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ދިރިއުޅުއްވާ ގ. އެނިފްގެ ބައެއް އެޕާޓްމެންޓްތައް ބަލައި ފާސްކުރި އޮޕަރޭޝަންގަ އެވެ.

ކަންޑެލްވާލް ދިރިއުޅުއްވާ އެޕާޓްމެންޓް ހުންނަނީ ނާޒިމު ދިރިއުޅުއްވާ ގޭގެ އަށް ވަނަ ފަންގިފިލާގަ އެވެ.