މީހަކަށް ބިރުދެއްކުމަށްފަހު އައިޑީކާޑާއި 120 ރުފިޔާ ފޭރުނު މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހއ. ބާރަށް ބޮޑުކުންނާރުގޭ ހުސައިން ސަލާހު އަބްދުލް ހާދީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 10:00 އެހައިކަންހާއިރު ސ. ހިތަދޫ ކޮކާހަނދުވަރު ހުސައިން ފަލާހުއަށް ބިރުދެއްކުމަށްފަހު އޭނާގެ އައިޑީކާޑާއި 120 ރުފިޔާ ފޭރިގެންފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ނޭޝަނަލް ތެލަސީމިއާ ސެންޓަރު ކުރިމައްޗަށް ގޮސް ސަލާހުގެ ފަޓުލޫނުގެ ޖީބު ފުލުހުން ބަލައި ފާސްކުރި އިރު ފަލާހުގެ އައިޑީކާޑާއި 120 ރުފިޔާ އޭނަގެ ޖީބުން ފެނިފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް ފޭރުމުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.